Roadha Mihaaru
ކެމިކަލް ހަމަލާއެއް ދީފި ނަމަ އަދިވެސް ބޮން އަޅާނަން

ކެމިކަލް ހަމަލާއެއް ދީފި ނަމަ އަދިވެސް ބޮން އަޅާނަން: ޓްރަމްޕް

15 އެޕްރީލް 2018

ވޮޝިންޓަން (އެޕްރީލް 15) - ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ އަދިވެސް މިސައިލް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 15) - ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ އަދިވެސް މިސައިލް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕުގެ މި އިންޒާރު އައި އިރު ދޫމާގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފަން އެމެރިކާ، އިނގިރޭސި ވިލާތް އަދި ފްރާންސް އިން ވަނީ ސީރިއާ އަށް އިއްޔެ ވައިގެ ހަމަލާ ދީފަ އެވެ.

ކެމިކަލް ހަމަލާ ނުދޭ ކަމަށް ސީރިއާ އިން ވަނީ ބުނެފަ އެވެ. އަދި އެއީ އެ ގައުމަށް ހަމަލާ ދިނުމަށް ދެއްކި ބަހަނާއެއް ކަމަށް ވަނީ ބުނެފަ އެވެ.

ސީރިއާ އަށް ދިން ހަމަލާ ކުށްވެރި ކުރުމުގެ ގޮތުން އެ ގައުމުގެ ބައިވެރިޔާ ރަޝިޔާ އިން ސަލާމަތީ މަޖިލީހުގައި ނަގަން އުޅުނު ވޯޓު ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އެމެރިކާ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ ސީރިއާ އަށް ދިނީ ރަނގަޅު ހަމަލާތަކެއް ކަމަށެވެ. ސީރިއާގެ މަންދޫބު ބަޝާރު ޖާފަރީ ވިދާޅުވީ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސަކީ ދޮގުވެރިން ކަމަށެވެ.

ޕެންޓަގަންގެ އޮފިޝަލުން ބުނީ ހަމަލާ ދިނީ ސީރިއާގެ މައިގަނޑު ތިން އަމާޒަކަށް ކަމަށެވެ. އެއީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާ އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށް ކަމަށެވެ.