09 އެޕްރީލް 2018
ދިމިޝްގު (އެޕްރީލް 9) - އަސްކަރީ މަރުކަޒަށް ބޮން އެޅީ އިޒްރޭލުން ކަމަށް ސީރިއާ އާއި އެ ގައުމުގެ ބައިވެރިޔާ ރަޝިޔާ އިން ބުނެފި އެވެ.
ދިމިޝްގު (އެޕްރީލް 9) - އަސްކަރީ މަރުކަޒަށް ބޮން އެޅީ އިޒްރޭލުން ކަމަށް ސީރިއާ އާއި އެ ގައުމުގެ ބައިވެރިޔާ ރަޝިޔާ އިން ބުނެފި އެވެ.
މިސައިލް ހަމަލާ ދީފައި ވަނީ ސީރިއާގެ ހިމްސް ސިޓީއާ ކައިރީގައި އޮންނަ ތިޔާސް ވައިގެ މަރުކަޒް ނުވަތަ ޓީ-4 އަށެވެ. އެ ހަމަލާތަކުގައި ވަނީ 14 މީހުން މަރުވެފަ އެވެ. ސީރިއާ އިން އެންމެ ފުރަތަމަ ބުނެފައި ވަނީ ހަމަލާ ދިނީ އެމެރިކާ އިން ކަމަށެވެ.
އިޒްރޭލުން މީގެ ކުރިން ވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދީފަ އެވެ. ނަމަވެސް އެންމެ ފަހުން ދިން ހަމަލާއާ ގުޅޭ ގޮތުން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.
ސީރިއާ އިން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ އިޒްރޭލުގެ އެފް-15 ޖެޓްތަކުން ކަމަށެވެ. އަދި ހަމަލާ ދޭން ބޭނުން ކޮށްފައި ވަނީ ލުބުނާނުގެ ވައިގެ ސަރަހައްދު ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ސީރިއާގެ ވައިގެ މަރުކަޒަށް އަށް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން ތިން މިސައިލް ވައްޓާލި ކަމަށް ވެސް ބުނެފައިވެ އެވެ.
ސީރިއާ އަށް ވައިގެ ހަމަލާދީފައި މި ވަނީ އެ ގައުމުގެ އިރުމަތީ ޣޫތާގައި ކެމިކަލް ހަމަލާއެއްދީ އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ. އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިއްޔެ ވަނީ ސީރިއާ އަށް ރައްދު ދޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ރައީސް ޓްރަމްޕް ވަނީ ވިހަ ގޭހުގެ ހަމަލާއާ ގުޅިގެން ސީރިއާ އިން އެކަމުގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕެންޓަގަނުން ބުނެފައި ވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދިނީ އެމެރިކާ އިން ނޫން ކަމަށެވެ.
ސީރިއާގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފި
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު އަވަހާރަކޮށްލައިފި
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި
އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް
ސީރިއާގެ އީރާން ކޮންސިއުލޭޓަށް ބޮން އަޅައިފި
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު