21 ޖޫން 2019
ވޮޝިންޓަން (ޖޫން 21) - އެމެރިކާގެ ޑްރޯނެއް ވައްޓާލުމާ ގުޅިގެން އީރާނަށް ވައިގެ ހަމަލާ ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ހުއްދަ ދެއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ވޮޝިންޓަން (ޖޫން 21) - އެމެރިކާގެ ޑްރޯނެއް ވައްޓާލުމާ ގުޅިގެން އީރާނަށް ވައިގެ ހަމަލާ ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ހުއްދަ ދެއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ ސީނިއާ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާ ދޭން ޓްރަމްޕް ހުއްދަ ދެއްވި ނަމަވެސް ފަހުން ވަނީ އެކަން އަނބުރާ ގެންދަވައިފައި ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ ޓްރަމްޕް ހުއްދަ ދެއްވި އިރު ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ވަނީ ވައިގެ ތެރޭގައި ކަމަށާއި ހަނގުރާމަ މަތީ މަނަވަރުތައް ވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ.
އެމެރިކާގެ ޑްރޯން ވައްޓާލުމަށް އީރާނުން މިސައިލް ހަމަލާ ދެނީ. --ފޮޓޯ: ޕީޓީވީ
ވޮޝިންޓަން ޕޯސްޓާއި އޭބީސީ ނިއުސް އިން ވެސް ބުނެފައި ވަނީ އީރާނަށް ހަމަލާ ދޭން ޓްރަމްޕް ހުއްދަ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ވައިޓް ހައުސް އިން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
މީހަކާ ނުލައި އުދުހެމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ޑްރޯން ވައްޓާލީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޮޕްސް އިން މިސައިލް ހަމަލާދީފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ ޑްރޯނެއް ވައްޓާލުމަކީ އީރާނުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ޓްރަމްޕް ހައްޔަރު ކުރަން އީރާނުން ރެޑް ނޯޓިސް ނެރެފި
ޓްރަމްޕުގެ ވެރިކަންނިމެނީ، އީރާނުގެ އިންޒާރު އިޒްރޭލަށް
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފި
ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ
މަޖަލަކަށް ކުރި ޕޯސްޓަކުން ގެއްލުނީ ވަޒީފާ