15 ފެބުރުއަރީ 2023
ނަމަކަށް ހުންނަ ކައުންސިލް އިދާރާއެއް ނޫނެވެ؛ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ މިއެވެ. ކޮންމެ ވަގުތަކު ކަމެއް ޖެހުނަސް ރައްޔިތުންނަށްޓަކައި އެ އިދާރާގެ ދޮރު ހުންނާނީ ހުޅުވިފަ އެވެ. ހިދުމަތެއް ލަސްވެގެން ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ. ކަންކަން ނުކޮށްދޭނެ ކަމަށް ފާޑުކިޔާނެ ޖާގައެއް ވެސް ނެތެވެ. މައްސަލަތައް އަޑުއަހައި ހައްލު ހޯދައިދެ އެވެ. ރައްޔިތުން ގުޅިގެން އެތައް މަސައްކަތްތަކެއް ރާވައި ހިންގަ އެވެ.
ނަމަކަށް ހުންނަ ކައުންސިލް އިދާރާއެއް ނޫނެވެ؛ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ މިއެވެ. ކޮންމެ ވަގުތަކު ކަމެއް ޖެހުނަސް ރައްޔިތުންނަށްޓަކައި އެ އިދާރާގެ ދޮރު ހުންނާނީ ހުޅުވިފަ އެވެ. ހިދުމަތެއް ލަސްވެގެން ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ. ކަންކަން ނުކޮށްދޭނެ ކަމަށް ފާޑުކިޔާނެ ޖާގައެއް ވެސް ނެތެވެ. މައްސަލަތައް އަޑުއަހައި ހައްލު ހޯދައިދެ އެވެ. ރައްޔިތުން ގުޅިގެން އެތައް މަސައްކަތްތަކެއް ރާވައި ހިންގަ އެވެ.
ކޮންމެ ދުވަހަކު ގަވައިދުން ރައްޔިތުންގެ ހާލު ބަލާނެ އެވެ. ކައުންސިލަރުން ގޭގެއަށް ވަދެ ބޭނުންވާ ކަންކަން އޮޅުންފިލުވާނެ އެވެ. މުޅި ރަށުގެ މަސްލަހަތާއި ހަމަޖެހުމަށް ކުރަންވީ ކަންކަމަށް އިސްކަންދެ އެވެ. މުޅި ރަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ބޭތިއްބުމަކީ ކައުންސިލަރުންގެ އަމާޒެވެ.
"ކައުންސިލްގެ މުވައްޒަފުންނަށް ވެސް އޮންނާނީ އަންގާފައި، ރައްޔިތަކު ކައުންސިލްގެ އިދާރާއަށް އަންނާނީ ކަމަކުއޭ. އޭނާއަށް އަޅާލުމަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތަކޭ. އެހެން އެއްވެސް ކަމެއް ކުރަންވާނީ އެ ރައްޔިތު މީހާ އެއި ބޭނުން ފުއްދައިދީފައޭ،" ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަށް ގޮސް ސިޓީއެއް ލާން ވިޔަސް އެއްޗެއް އޮޅުންފިލުވަން ވިޔަސް މާޔޫސްވެގެން އެނބުރި ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް އޮންނާނެ އެވެ.
މިއީ، ލޯކަލް ގަވަމެންޓް އޮތޯރިޓީން ހޮވާ އެންމެ ރަނގަޅަށް ހިންގާ ކައުންސިލަށް ބޮޑުފޮޅަދޫ ކައުންސިލް މިދިޔަ އަހަރާއި މި އަހަރު ވެސް ހޮވުނު ސަބަބުތަކެކެވެ.
އާބާދީގައި 800 މީހުން ދިރިއުޅޭ ބޮޑުފޮޅަދޫ ކައުންސިލްގެ ތަފާތަކީ ހަގީގީ މާނައިގައި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމެވެ.
ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި: މި ރަށު ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކަށް ނަމޫނާއެއް.
ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ކަނޑައަޅައި މަސައްކަތްތައް ރާވަނީ އަމާޒަކަށް ކަމަށެވެ. އެންމެ އިސްކަންދީގެން ކުރާ ކަންކަން ވެސް ނިންމަނީ ރައްޔިތުންގެ ހިޔާލު ހޯދައި ހުރިހާ އުމުރުފުރައެއްގެ ބައިވެރިވުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ޓާގެޓުކުރާ ކަމެއް އެއީ އަހަރު ނިމޭއިރު، ޕްލޭންގައި ހުރި ކަންކަން ނިންމުން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން އިސްނަގައި އެ ރަށުގެ ކުރިއެރުމަށް ގިނަ ކަންކަން ވަނީ ފަށައިފަ އެވެ. މުހިންމު އެއް ކަމެއްގެ ގޮތުގައި ކައުންސިލާއި ކްލަބް ޖަމިއްޔާއެއް ކަމަށްވާ (އާރު ޖަމިއްޔާ) ގުޅިގެން ވަނީ އެ ރަށު ސިއްހީ މަރުކަޒުގައި ލެބޯޓްރީއަކާއި ލޭބާ ރޫމެއް އެޅުމަށް ފައިސާ ހޯދައި އެ ތަން އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ރައްޔިތުން އެދުނު ކަންކަމުގެ ތެރެއިން ފުޓްސަލް ދަނޑުގައި ޓާފް އެޅުމާއި ވޮލީ ކޯޓެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ނަރުދަމާއަކީ ވެސް ރައްޔިތުން ބޭނުން ވެގެން ސަރުކާރުގައި އެދުނު ކަމެކެވެ. ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ އިރު މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުފޮޅުދޫ ކައުންސިލަރުން ބައްދަލުވުމެއްގައި: މި ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން އެދޭ ކަންކަން ވީހާވެސް އަވަހަކަށް ފުއްދައިދޭން.
މީގެ އިތުރުން އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ އާރްބީ ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބީއެމްއެލްގެ އެހީގައި ވަނީ މަސް ކަނޑާ އައްޓެއް އަޅައިފަ އެވެ. ރައްޔިތުން އެދިގެން ކުރި ކަންތައްތަކުގެ ތެރޭގައި ރަށުގައި ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ހިންގައިދީފަ އެވެ. އިލެކްޓްރިޝަން ކޯހަކާއި ފަހާ ކޯހަކާއި ކޭކު ކޯހަކާއި ކުކިން، ޕޭސްޓްރީ އަދި ކަލިނަރީ ކޯހެއް ވަނީ އެ އަހަރު ހިންގައިފަ އެވެ. އޭގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްލޭނެއް ތައްޔާރުކޮށް، ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ކުރުމުގެ އިތުރުން އެ އިދާރާއަކީ ރައްޔިތުންނަށް ހިދުމަތްދޭ ތަނެއްގެ ގޮތަށް ހިންގުމަކީ އަބަދުވެސް އެންމެ ބޮޑު އަމާޒު ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ކަމެއް ރައްޔިތުންނަށް ކަމޭހިތިވަރަކަށޭ ކައުންސިލް ކުރިއަށްދާނީ،" ސުޖާއު ވިދާޅުވި އެވެ.
ބޮޑުފޮޅުދޫ ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއްގައި ކައުންސިލަރަކު މީހަކާ ވާހަކަދައްކަވަނީ. -- ފޮޓޯ | ކައުންސިލްގެ އިދާރާ
އޭގެ މިސާލެއްގެ ގޮތުގައި ޝުޖާއު ދެއްކެވީ ކޮވިޑުގެ ބަލިމަޑުކަމުގައި، ވަޒީފާ ގެއްލުނު އެ ރަށުގެ ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން ކައުންސިލުން އިސްނެގުމެވެ.
"ކޮވިޑު ތެރޭގައި ކައުންސިލް އިދާރާތައް ހިންގުން ހުއްޓާލިއިރު ވެސް އަޅުގަނޑުމެން ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި ނިންމީ ކޮވިޑުގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަޒީފާ ހޯދައިދޭން ޖޮބްސެންޓަރުގައި ރަޖިސްޓްރީ ކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ކުރީ ވެސް ރަށު ކައުންސިލްތަކަކީ ރައްޔިތުންނަށް ހާލުގައި ޖެހޭއިރު ނިދާފައި އޮންނަން ޖެހޭ ތަނަކަށް ނުވާތީ އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ބޮޑުފޮޅަދޫގެ ކޮންމެ އަވަށަކަށް ވަނީ ކައުންސިލަރެއް ކަނޑައަޅައިފަ އެވެ. ކައުންސިލަރުން އަދާކުރަނީ ވަޒީފާއެއް ކަމަށް ނުބަލައި، ރަށުގެ ކުޑަ އާބާދީގެ ކޮންމެ މީހަކާ ވަކިން ބައްދަލުވެ ހާލު ބަލާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޮންނަނީ ރަށް ހަތަރު އަވަށަކަށް ބަހާލާފައި. އެ ކޮންމެ އަވަށަކަށް ހުންނާނެ ކައުންސިލަރެއް ލާފައި. ކައުންސިލަރުން ކޮންމެ މަހަކު އެއްފަހަރު ރަށުގެ ހުރިހާ ގޭގެއަކަށް ޒިޔާރަތްކުރާނެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުޅޭ ގޭގެއަށް. ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ، ކައިރީގައި އިނދެގެން،" ޝުޖާއު ވިދާޅުވި އެވެ.
"އެއަށްފަހު ރައްޔިތުންގެ ޝަކުވާތަކާ އެކު އައިސް ކައުންސިލްގެ ހުރިހާ މެމްބަރުން ޖަލްސާއެއް ބާއްވައި އެ ކަންކަމާ މަޝްވަރާ ކުރާނެ. ހައްލު ކުރެވޭނީ ކިހިނެއްތޯ، އެއަށްވުރެ ރަނގަޅަށް އެ ކަން ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ވެސް ބަލާނެ."
ކައުންސިލުން ގޭގެއަށް ކުރި ޒިޔާރަތެއްގައި، އުމުރުން ދުވަސްވީ މީހަކާ ބައްދަލުކުރަނީ.
ޝުޖާއު ވިދާޅުވީ ކޮންމެ މަހެއް ނިންމައި ޖެހިގެން އަންނަ މަހު ކައުންސިލަރުން ރައްޔިތުންގެ ގާތަށް ދިއުމުގެ ކުރިން ހުށަހަޅާފައިވާ ކަންކަމަށް ހައްލު ހޯދާ ކަމަށެވެ.
ކައުންސިލްގެ ރައީސަށް ވެސް އޮންނަނީ ޒިންމާއެއް ހަވާލުކޮށްފަ އެވެ. އެއީ ކޮންމެ ތިން މަހަކުން އެއް މަހަކު ރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ވާހަކަ ދެއްކެވުމެވެ. މި ބައްދަލުވުމުގެ މަގްސަދަކީ ކައުންސިލަރުންނަށް އެ ގެއަކުން ހުށަހެޅި ކަންކަން ހައްލުވިތޯ ޔަގީންކުރެއްވުމެވެ.
ޝަރަފުވެރި ހިދުމަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ހަނދާނީފިލާ ލިބުނު ބައެއް މީހުން.
ރާއްޖޭގެ އެހެން ކައުންސިލްތަކަށް ނަމޫނާ ދައްކަމުން އަންނަ ބޮޑުފޮޅުދޫ ކައުންސިލް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ކައުންސިލެއް ރަނގަޅު ގޮތުގައި ހިންގޭނީ ރައްޔިތުންގެ ވާހަކަތައް އަޑު އަަހައި ހައްލު ހޯދައިދީގެންނެވެ.
"ކައުންސިލްތަކަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަން ހޮވާފައި ތިބޭ ބައެއް. މިސާލަކަށް މިއީ ރިސޯޓެއް ކަމަށް ބަލަމާ، އަޅުގަނޑުމެންނަކީ މެނޭޖަރުން، ރައްޔިތުންނަކީ މި ތަނުގެ އޯނަރުން. އެހެންވީމާ އޯނަރުންނަށް ނުކުރާ ރެސްޕެކްޓެއް އޮތް ނަމަ މެނޭޖަރުން ހިންގަން ތިބޭކަށް ނުޖެހޭނެ އެ ކަންކަން ނުވާ ކަމަށް ވަންޏާ،" ޝުޖާއު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ކައުންސިލް މުވައްޒަފުންނަށް ހާއްސަ ކޯހެއް ފަށަނީ
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
17 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް ހުއްދަ ދީފި
އިތުރުކޮށްދިން މުއްދަތަށް ލޭންޑް ޔޫސް ޕްލޭން ނުނިމިދާނެ
ކަރަންޓު ކަނޑާލުމުން މާފަރު ކައުންސިލް ހުއްޓުމަކަށް
އެލްޖީއޭ އިން އެދެނީ ކައުންސިލްތަކުން އުސޫލު ހަރުކަށި ނުކުރުމަށް
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ