14 ޖުލައި 2021
ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އާންމުކުރާ އުސޫލުތަކާ ގުޅިގެން، ކައުންސިލްތަކުން އިތުރު ހަރުކަށި ފިޔަަވަޅުތައް ނޭޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެދިއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އާންމުކުރާ އުސޫލުތަކާ ގުޅިގެން، ކައުންސިލްތަކުން އިތުރު ހަރުކަށި ފިޔަަވަޅުތައް ނޭޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެދިއްޖެ އެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް އެޗްޕީއޭ އިން މިދިޔަ ހަފްތާގައި ލުއި ދިނުމާ އެކު ބައެެއް ކައުންސިލުތަކުން، ރަށުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެ އެވެ.
އޭނާ ވިދާޅުވީ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާ މި ދަނޑިވަޅުގައި އާންމުންނަށް ދަތިވާނެ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލު ކުރާކަމުގެ ޝަކުވާ ލިބޭތީ އެ ކައުންސިލްތަކަށް ގުޅައި ނަސޭހަތް ދީފައިވާ ކަމަށެވެ.
އަފްޝަން ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ވަކި ގޮތަކަށް އަމަލުކުރުމަށް މަޖުބޫރު ކުރުމެގެ ބާރެއް އެލްޖީއޭ އަކަށް ނޯވެ އެވެ. ކައުންސިލުތަކުން ފިޔަވަޅު އަޅަނީ ރަށުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާތީ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު އެޗްޕީއޭ އިން ހާލަތަށް ބަލައި ނެރޭ އުސޫލުތަކަށް ވުރެ ހަރުކަށި ނުވުމަށް އޭނާ އެދިވަޑައިގަތެވެ.
"އާއިލާ ކައިރިއަށް ނުދެވި އެތައް ބަޔަކު މާލޭގައި ތާށިވެފައި ތިއްބާ، އީދާ ދިމާކޮށް މި ލުއި ލިބުނީ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައި ވާތީ. ވަރަށް ގިނަ ބަޔަކު ތިބީ ވެސް ރަށަށް ދާން ބޭނުންވެފައި. އެހެންވީމާ އެޗްޕީއޭގެ އުސޫލުތަކަށް ވުރެ ހަރުކަށި ނުވުމަށް އަޅުގަނޑުމެން މި އެދެނީ،" އަފްޝަން ވިދާޅުވި އެވެ.
އެލްޖީއޭ އިން އަތޮޅު ކައުންސިލްތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް ރަށްރަށުގެ ފިޔަވަޅުތައް އެޗްޕީއޭ އަށް ވުރެ ހަރުކަށި ނުކުރުމަށް އެދިފައިވާނެ ކަމަށް އަފްޝަން ވިދާޅުވެ އެވެ.
ވެކްސިން ފުރިހަމަކޮށް 14 ދުވަސްވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރަށްރަށަށް ދެވޭ ގޮތަށް ގެނައި އުސޫލުގެ ދަށުން ކަރަންޓީނު ނުވާ ގޮތަށް ދެވޭނީ ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ފަހަކަށް ވުރެ ދަށް ނަމަ އެވެ.
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
އަންހެނުންގެ ކޮމިޓީ އިންތިހާބު ބޭއްވުން ކައުންސިލްތަކަށް
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
ޖަޒީރާ ހޮޅުއަށީގައި ހިޔާލު ހޯދަނީ ލާމަރުކަޒީ ނިޒާމަށް
ކައުންސިލްތަކަށް ބާރުދިނުން އަވަސްކުރަން ނިންމައިފި
އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ހުށަހަޅައިފި
ރައީސަށް އެލްޖީއޭގެ ބާރު ލިބޭ ގޮތަށް ފާސްކޮށްފި
އެލްޖީއޭގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި