Roadha Mihaaru

ކައުންސިލްތަކަށް ބާރުދިނުން އަވަސްކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލޯކަލް ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އިއާދަކުރުން އަވަސްކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ކައުންސިލްތަކަށް ބާރުދިނުން އަވަސްކުރަން ނިންމައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

27 ނޮވެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލޯކަލް ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އިއާދަކުރުން އަވަސްކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ކައުންސިލްތަކަށް ބާރުތައް އަނބުރާ ދޭން ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކުރަން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށް މިނިސްޓްރީތަކުން ކުރެވޭނެ ކަންތައްތައް ކަނޑައަޅައި އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ ތަރައްގީ ކުރައްވާނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުދީގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފަ އެވެ.