21 އޯގަސްޓް 2022
ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން މިހާތަނަށް ހުއްދަ ދީފައި ވަނީ 17 ރަށަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން މިހާތަނަށް ހުއްދަ ދީފައި ވަނީ 17 ރަށަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން "މިހާރު" އަށް ދިން މައުލޫމާތުތަކުގައިވާ ގޮތުން ލޭންޑް ޔޫޒް ޕްލޭނަށް ހުއްދަ ހޯދަން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 68 ރަށަކުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އަދި ހުއްދަ ދިން 17 ރަށަކީ؛
• ހދ. ނޭކުރަންދޫ
• ނ. ކެނދިކުޅުދޫ
• ރ. ކިނޮޅަސް
• ރ. އިންނަމާދޫ
• ރ. ފައިނު
• ބ. ފެހެންދޫ
• ބ. ފުޅަދޫ
• ބ. ގޮއިދޫ
• ބ. ކުޑަރިކިލު
• ކ. ހުރާ
• އއ. މަތިވެރި
• އދ. ދިގުރަށް
• އދ. އޮމަދޫ
• މ. ކޮޅުފުށި
• މ. މުލި
• ތ. ތިމަރަފުށި
• ތ. ވޭމަންޑޫ
ކ. ހުރާގެ ކުޅި: އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ވަނީ ހުއްދަ ދީފައި -- ފޮޓޯ: ދަ އައިލެންޑް ވައިބްސް
ލާމަރުކަޒީ ގާނޫނުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން ކައުންސިލްތަކުން ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން ނުނިމި ލަސްވަމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި މަސައްކަތްތައް ނުފެށޭތީ ޝަކުވާ ބޮޑެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިން ބުނި ގޮތުގައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނުނިމި ލަސްވަނީ އެކަމާ ގުޅޭ ތަޖުރިބާކާރުން ރާއްޖޭގައި މަދުވުމާއި ކައުންސިލްތަކުން އެ ކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުންނެވެ. ގާނޫނުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވެގެން ނޫނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ ވެސް އެ މަސައްކަތް ލަސްވާ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވެ އެވެ. އެކަމަކު އެ ކަމަށް ވެސް ވަރަށް ގިނަ ވަގުތު ނަގާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.
ކައުންސިލްތަކުން އަމިއްލަ އަށް ކުރަން ޖެހޭ އެ މަސައްކަތް، އެކި ސަބަބުތަކާ ހުރެ ނުކުރެވި ލަސްވަމުންދާތީ، އެލްޖީއޭ އިން ވެސް 40 އަށް ވުރެ ގިނަ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމުގެ މަސައްކަތް އަންނަނީ ކޮށްދެމުންނެވެ.
ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ގިނަ ރަށްތަކުގައި އެ މަސައްކަތް އަދިވެސް ކުރިއަށް ނުދެ އެވެ.
ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި އެ ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.
އިތުރުކޮށްދިން މުއްދަތަށް ލޭންޑް ޔޫސް ޕްލޭން ނުނިމިދާނެ
ލޭންޑް ޔޫސް ޕްލޭން ނުނިމުނަސް ޕްރޮޖެކްޓުތައް ހިންގޭނެ
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ބިނާވެށި ޕްލޭން ކުރުމުގެ ބިލް ތަސްދީގުކޮށްފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ކައުންސިލް މުވައްޒަފުންނަށް ހާއްސަ ކޯހެއް ފަށަނީ
ހިދުމަތް ދިނުމުގައި ބޮޑުފޮޅުދޫ ކައުންސިލުގެ ނަމޫނާ
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
މިހާތަނަށް ހުއްދަދިނީ 5 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް
އިސްލާހުތަކާ އެކު ލޭންޑް ޔޫސް ޕްލޭން ފޮނުވި