Roadha Mihaaru
ބްލޫ ލައިޓުން ކުރިމަތިވާ މައްސަލަތަކުން ރައްކާތެރިވޭ

ބްލޫ ލައިޓުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުން މުހިންމު

14 ފެބުރުއަރީ 2023

ބްލޫ ލައިޓަކީ އިންސާނުންގެ ލޮލަށް ފެންނަ ކުލަ ސްޕެކްޓްރަމް ތެރޭގައި ހިމެނޭ ވަރަށް ކުރު، "އެނާޖީ ހައި ވޭވް" ތަކެއް ހިމެނޭ އައްޔެކެވެ. އެހެން ހުރިހާ ބާވަތެއްގެ އައްޔަށް ވުރެ ބްލޫ ލައިޓުން އަހަރެމެންގެ ލޮލަށް ލިބޭ ގެއްލުން ބޮޑެވެ.

ބްލޫ ލައިޓަކީ އިންސާނުންގެ ލޮލަށް ފެންނަ ކުލަ ސްޕެކްޓްރަމް ތެރޭގައި ހިމެނޭ ވަރަށް ކުރު، "އެނާޖީ ހައި ވޭވް" ތަކެއް ހިމެނޭ އައްޔެކެވެ. އެހެން ހުރިހާ ބާވަތެއްގެ އައްޔަށް ވުރެ ބްލޫ ލައިޓުން އަހަރެމެންގެ ލޮލަށް ލިބޭ ގެއްލުން ބޮޑެވެ.

އެންމެ ގަދަޔަށް ބްލޫ ލައިޓު އަންނަ އެއްޗަކީ އިރެވެ. އަދި އާޓިފިޝަލް ބްލޫ ލައިޓް ހުންނަ އެއްޗެހީގެ ތެރޭގައި ސްމާޓް ފޯނާއި ޓެބްލެޓާއި ލެޕްޓޮޕާއި ކޮންޕިއުޓަރު އަދި ޓީވީ ފަދަ ޑިޖިޓަލް ސްކްރީން ހިމެނެ އެވެ.

ބްލޫ ލައިޓަކީ އޭގެ ސަބަބުން މީހާގެ މޫޑާއި ހަނދާން ރަނގަޅު ކޮށްދިނުމުގެ އިތުރުން ބައެއް މަސައްކަތަތަކަށް ސިކުނޑި ހޭލައްވާފައި ބަހައްޓައިދޭ އެއްޗެކެވެ.

މާގިނަ ވަގުތު ބްލޫ ލައިޓަށް ބެލޭނަ މަ، އެއިން ސިއްހަތަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވެ އެވެ. ހަށިގަނޑުގެ ނިދުމާއި ހޭލުމުގެ ވަގުތު އަންގައިދޭ ގުދުރަތީ ނިޒާމަށް ވެސް ބްލޫ ލައިޓުގެ ސަބަބުން އަސަރުކުރެ އެވެ.

ބްލޫ ލައިޓުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޮލުން ފެންހިކުން ނުވަތަ ފެން އައުން، ވަރުބަލިވުން އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ. ލޯ ފުސްވުން، ފޯކަސް ކުރަން އުނދަގޫވުން، ކަނދުރާ އާއި ކޮނޑުގައި ރިހުން އަދި ނިދަން އުނދަގުވުން ފަދަ މައްސަލަތަކަކީ ވެސް ބްލޫ ލްއިޓުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކެވެ.

ހުރިހާ މަސައްކަތެއް ވެސް ޑިޖިޓަލްވެފައިވާ ޒަމާނުގައި ބްލޫ ލައިޓުގެ އަސަރު ލޮލަށް އެއްވެސް ވަރަކަށް ނުކުރާނެގޮތެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ބްލޫ ލައިޓު ބްލޮކް ކުރާ އައިނު އެޅުމަކީ މިކަމުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ބްލޫ ލައިޓު ބްލޮކްކޮށްދޭ އައިނުގެ ލެންސުގައި ބްލޫ ލައިޓު ފިލްޓަރު ކުރާނެ ހާއްސަ ފަށަލައެއް ހިމެނެ އެވެ.

އައިކެއާއިން ލިބެން ހުރި އައިނު. -- ފޮޓޯ: އައިކެއާ

އައިކެއާއިން ލިބެން ހުރި އައިނު. -- ފޮޓޯ: އައިކެއާ

ބްލޫ ލައިޓުގެ އަސަރު ކުޑަ ކުރުމުގެ ގޮތުން ގޭގައި ރަތް ނުވަތަ ވޯމް ލައިޓު ހިމެނޭ ބޮކި ބޭނުންކުރެވިދާނެ އެވެ. އަދި ބޭނުންކުރާ ޑިވައިސްތަކުގައި ބްލޫ ލައިޓު ފިލްޓަރު ކުރާ ސްކްރީން ނުވަތަ ކަވަރެއް ހަރުކުރެވިދާނެ އެވެ. ސްކްރީންތަކަށް ނުބަލައި ބައެއް ވަގުތުތަކުގައި ލޮލަށް އަރާމުދޭންވާނެ އެވެ.

ބްލޫ ލައިޓުން ލޯ ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ސްކްރީން ބޭނުންކުރާ ވަގުތު މަދު ކުރުމެވެ. އަދި ރައްކާތެރިވުމުގެ ގޮތުން ބްލޫ ލައިޓު ބްލޮކް ކޮށްދޭ އައިނު ބޭނުންކުރުމެވެ.

ނޯޓު: މިއީ އައިކެއާ އޮޕްޓިކަލްސް އިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.