29 ނޮވެމްބަރ 2021
މި މަހަކީ ދުނިޔޭގައި ކުލަ ގަދަކޮށް ފާހަގަކުރަމުންދާ ހަކުރުބައްޔަށް ހޭލުންތެރި ކުރުމުގެ މަހަށްވާ އިރު ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް ބޮޑު އަސަރެއް ކުރެ އެވެ.
މި މަހަކީ ދުނިޔޭގައި ކުލަ ގަދަކޮށް ފާހަގަކުރަމުންދާ ހަކުރުބައްޔަށް ހޭލުންތެރި ކުރުމުގެ މަހަށްވާ އިރު ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް ބޮޑު އަސަރެއް ކުރެ އެވެ.
ހަކުރުބަލީގެ ސަބަބުން ލޮލުގެ ގިނަ ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އޭގެ ތެރޭގައި ޑައިބެޓިކް ރެޓިނޮޕަތީ، ޑައިބެޓިކް މެކިއުލާ އެޑީމާ، ކެޓެރެކްޓްސް އަދި ގްލޯކޯމާ ހިމެނެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ހަކުރުބަލި ޖެހިފައިވާ ދޮށީ އުމުރުފުރައިގެ މީހުންތަކުގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކަށް މިބަލި ޖެހެ އެވެ. މި ބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔަކީ ޑައިބެޓިކް ރެޓިނޮޕަތީ އެވެ. މިފަދަ ބަލިތައް އެންމެ ނުރައްކާވާ އެއް ސަބަބަކީ ބަލީގެ ކުރީކޮޅު ބަލިޖެހިފައިވާ ކަން އަމިއްލައަށް ދެނެގަންނާނެ އެއްވެސް ނިޝާނެއް ފެންނަން ނުހުރުމެވެ. ޑައިބެޓިކް ރެޓިނޮޕަތީގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް މަހުރޫމްވުމުގެ ފުރުސަތު ވެސް ބޮޑެވެ.
އައިކެއާ އޮޕްޓިކަލްސް ހޮސްޕިޓަލް. އެ ހޮސްޕިޓަލުން ލޮލުގެ ގިނަ ބަލިތަކަކަށް ފަރުވާ ލިބޭ--
މާބަނޑު ދުވަސްވަރު ޖެހޭ ހަކުރުބަލީގައި ލޮލަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ނެތް ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންނަމަވެސް ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓިކްސް ސަބަބުން މިފަދަ ބަލިތަކަށް މަގުފަހިވެ އެވެ. މި ބަލި ދެނެގަތުމަށްޓަކައި ހަކުރުބަލި ތަހަންމަލް ކުރަމުންދާ ފަރާތްތައް ގަވާއިދުން ސިއްހީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި އަވަހަށް ދެނެގަނެ ފަރުވާ ފެށިއްޖެ ނަމަ މިފަދަ ބަލިތަކުގެ ސަބަބުން ދިމާވާ ދާއިމީ ގެއްލުންތައް 95 ޕަސެންޓް ކުޑަ ކުރެވޭނެ އެވެ.
މީގެ އިތުރުން 40 އަހަރުން މަތީގެ ހަކުރުބަލި ޖެހޭ މީހުން ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިންމެވެ. މި ހިދުމަތްތައް އެންމެ ފަސޭހަކަމާއި އެކު އެކަށޭނަ އަގެއްގައި އައިކެއާ އިން ލިބޭނެ އެވެ.
EyeCare Maldives
EyeCare Maldives
އައިކެއާ ވެބްސައިޓް
އައިކެއާ ކްލިނިކް އަދި ހޮސްޕިޓަލް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށެވެ. އައިކެއާއިން ދޭ ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ރެޓީނާ ސާވިސަސް، ކޮމްޕްރިހެންސިވް އައި އެގްޒާމް، ސާޖެރީ އަދި ޓްރީޓްމަންޓް، ރިފްރެކްޓިވް އެރާ، ކަރެކްޝަން އަދި ޕްރިސްކްރިޕްޝަން އާއި ކޮންޓެކްޓް ލެންސްގެ ހިދުމަތް ދެ އެވެ.
އައިކެއާ އިން އެޕޮއިންޓްމަންޓް ހެއްދުމަށް 3321026 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
ލޯ ސްކުއިންޓުވާ ނަމަ އަވަހަށް ފަރުވާ ހޯދާ!
ލޮލަށް ފުސް އެރުމުން ބޭނުންވާ ސާޖަރީ އައިކެކާއިން
ލޮލަށް ފުސް އެރުން:ކެޓެރެކްޓް ސާޖަރީ އާއި ޕްރިމިއަލް ލެންސް
ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލުގެ ފަރުވާ އައިކެއާގައި
އަވިން ލިބޭ ގެއްލުމުން ރައްކާތެރިވާން "ނޯވާ" އައިނު
ބްލޫ ލައިޓުން ކުރިމަތިވާ މައްސަލަތަކުން ރައްކާތެރިވޭ
ނަންބަރު އަވިއައިނު، ރީތިވެފައި ލޮލަށް އެހާމެ ފަސޭހަ
ނޫ އަލިން ރައްކާތެރިކޮށްދޭ ލެންސް އައިކެއާ އިން
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި