Roadha Mihaaru
ނަންބަރު އަވިއައިނު، ރީތިވެފައި ލޮލަށް އެހާމެ ފަސޭހަ

ނަންބަރު އަވިއައިނު، ރީތިވެފައި ލޮލަށް އެހާމެ ފަސޭހަ

21 ސެޕްޓެމްބަރ 2021

ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށްވާތީ އަވިން ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވަރަށް ގިނަ މީހުން އަވި އައިނު އަޅަ އެވެ. މިގޮތަށް އަޅާ އަވިއައިނަކީ، ގިނަ ފަހަރަށް، ހަމައެކަނި ރީއްޗަކަށް އަޅާ އެއްޗެކެވެ. ނަމަވެސް އައިކެއާ އިން ވިއްކާ ނަންބަރު އަވިއައިނަކީ ސްޓައިލާ އެކު ގިނަ ފައިދާތައް ވެސް ލިބޭ އައިނެވެ.

ރާއްޖެއަކީ ހޫނު ގަދަ ގައުމަކަށްވާތީ އަވިން ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވަރަށް ގިނަ މީހުން އަވި އައިނު އަޅަ އެވެ. މިގޮތަށް އަޅާ އަވިއައިނަކީ، ގިނަ ފަހަރަށް، ހަމައެކަނި ރީއްޗަކަށް އަޅާ އެއްޗެކެވެ. ނަމަވެސް އައިކެއާ އިން ވިއްކާ ނަންބަރު އަވިއައިނަކީ ސްޓައިލާ އެކު ގިނަ ފައިދާތައް ވެސް ލިބޭ އައިނެވެ.

ނަންބަރު އަވިއައިނަކީ ލޮލުގެ ޑޮކްޓަރުގެ ލަފަޔާ އެކު ލޮލާ ގުޅޭގޮތަށް ކޮންމެ މީހަކަށް ހާއްސަކޮށް ތައްޔާރުކުރާ އައިނެކެވެ. މި އަވިއައިނު، ނަންބަރު އައިނު އަޅާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.

ފަހަކަށް އައިސް އަވިއައިނު ވެފައިވަނީ "ފެޝަން ސްޓޭޓްމަންޓް" އަކަށެވެ. އެހެންކަމުން އެކި ކަންކަން ކުރާއިރު އަވިއައިނު އަޅަ އެވެ. އެގޮތުން، ތަފާތު ކުޅިވަރުތައް ކުޅޭ އިރު ނަންބަރު އަވިއަނެއް އެޅުމުން ސްޓައިލިޝް ވެފައި ލައިޓުތަކުންނާއި އަވިން ލޮލަށް ދަޅަ އެޅުމުން ދުރުކޮށްދޭނެ އެވެ. އަދި މި އަވިއައިނު އެޅުމުން، އެންމެ ހޫނު ވަގުތު ވެސް ލޮލަށް އަރާމުކަން ލިބޭނެ އެވެ.

ނަންބަރު އައިނު އަޅާ މީހުންނަށް ވެސް އެ އައިނުގައި މިފަދަ ލެންސެއް ލެއްވޭނެ އެވެ. ވަކިން ލައްވާ މި ލެންސަކީ ކޮންމެ ކަހަލަ އައިނަކަށް ވެސް ކަސްޓަމައިޒް ކޮށްލެވޭ ލެންސެކެވެ. މި ލެންސުން ނަންބަރު އަވިއައިނުން ފޯރުކޮށްދޭ ހުރިހާ ފައިދާއެއް ލިބޭނެ އެވެ.

ނަންބަރު އަވިއައިނުގައި ބޭނުންކުރާ ލެންސުގައި ވެސް އާއްމުކޮށް ނަންބަރު އައިނުތަކުގެ ލެންސުގައި ބޭނުންކުރާ މެޓީރިއަލްތަކާއި ކޯޓިންތައް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި ދަޅަ އެޅުމުން ދުރުކޮށްދިނުމަށް "ޕޮލޮރައިޒްޑް"' ކުރުމާއި އަތްވަށް ނުކުތުމުން ކުލަ ބަދަލުވާ ގޮތް ހެދުމާއި ރޮނގު އެޅުމުން ދުރުކޮށްދިނުން ފަދަ ކޯޓިން ހިމެނެ އެވެ.

ކޮންޓެކްޓު ލެންސު ލައްވާ މީހުންނަށް ވެސް ނަންބަރު އަވިއައިނު ވެގެންދާނީ ވަރަށް ބޮޑު ހައްލަކަށެވެ. އެގޮތުން، ފެނުމުގައި މައްސަލަ ހުންނަ މީހުންނަށް ލެންސު ނުލައްވާ ހުންނަ ވަގުތުތަކުގައި ނަންބަރު އައިނު އެޅުމުގެ ބަދަލުގައި މި އަވިއައިނު އެޅޭނެ އެވެ. ލެންސު ލައްވައިގެން އުޅެން އުނދަގޫ ނަމަވެސް މި އަވިއައިނު އަޅައިގެން އުޅުމަކީ އޮތް ހައްލެކެވެ.

އައިކެއާއިން ނަންބަރު އަވިއައިނުގެ ދެ ބްރޭންޑެއް ގެންގުޅެ އެވެ. އެއީ ދުނިޔޭގެ ނަން މަޝްހުރު ދެ ބްރޭންޑް ކަމަށްވާ "ނޯވާ" އާއި "މައުއިޖިމް" އެވެ. އަވިއައިނު ހައްދަން ލޮލުގެ ނަންބަރު އައިކެއާއާ ހަވާލުކުރުމަށް ފަހު ބޭނުންވާ ޑިޒައިނެއް އިހުތިޔާރު ކުރުމުން އެ އަވިއައިނެއް އެންމެ ކޮލިޓީކޮށް ހައްދައިދޭނެ އެވެ.

އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް މިގޮތަށް ހަދާ އަވިއައިނުން ޑިސްކައުންޓު ވެސް ދޭން ފަށައިފަ އެވެ. ފުރަތަމަ ފަހަރަށް ނަންބަރު އަވިއައިނެއް ގަންނަ މީހަކަށް 10 ޕަސެންޓު ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި "ނޯވާ" ބްރޭންޑުގެ ދެވަނަ އަވިއަނެއް ހައްދާނަމަ 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އައިކެއާ އަކީ ނަންބަރު އައިނު ހެދުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ ހުރިހާ އައިނެއް ވެސް ކޮލިޓީ ރަނގަޅެވެ.