14 ފެބުރުއަރީ 2023
ޕެރިސް (ފެބްރުއަރީ 14) - ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކެމްޕޯސް އާ ކުރި ޒުވާބު ލީކް ވުމުން އެ ޓީމުގެ ފޯވާޑް ނޭމާ ހިތްހަމަނުޖެހިއްޖެ އެވެ.
ޕެރިސް (ފެބްރުއަރީ 14) - ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކެމްޕޯސް އާ ކުރި ޒުވާބު ލީކް ވުމުން އެ ޓީމުގެ ފޯވާޑް ނޭމާ ހިތްހަމަނުޖެހިއްޖެ އެވެ.
ވާދަވެރި، މޮނާކޯ އަތުން ހޮނިހިރު ދުވަހު ބަލިވި މެޗަށް ފަހު ނޭމާ ވަނީ ހިތްހަމަނުޖެހި ކެމްޕޯސް އާ ޒުވާބުކޮށްފަ އެވެ. ނޭމާ ބުނީ ޗޭޖިން ރޫމްގައި ދެބަސްވުމަކީ ކޮންމެ ކްލަބެއްގައި ވެސް ހިނގާނެ ކަމެއް ކަމަށެވެ.
"އަހަރެމެން ދެބަސްވިން އަހަންނަށް އެއްބަސް ނުވެވޭކަންކަން ހުރި. އެފަދަ ދެބަސްވުންތަކަކީ ފުޓްބޯޅައިގައި ވެސް ހުންނާނެ ކަމެއް. އެކަމަކު އޭގެ ސަބަބުން މި އެންމެންނާ މެދު އަހަރެން އޮންނަ ލޯބި ބަދަލުވެގެން ނުދާނެ،" ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޭމާ ބުންޏެވެ.
ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކެމްޕޯސް: ހޮނިހިރު ދުވަހުގެ ރޭ އޭނާ އާ ނޭމާ ވަނީ ޕީއެސްޖީ ބަލިވި މެޗަށް ފަހު ޒުވާބު ކޮށްފަ
ޒުވާބު ލީކު ވުމުން ނޭމާ ވަނީ އެކަން މީޑިއާ އަށް އެނގުނީ ކިހިނެއްތޯ ސުވާލު އުފައްދައިފަ އެވެ. ނޭމާ ބުނީ ޕީއެސްޖީގައި އޭނާ ކެރިއާ ބެހޭގޮތުން މީޑިއާއިން ފަތުރާ ޚަބަރުތަކާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ނޭމާ އެހެން ކްލަބަކަށް ވިއްކާލަން އުޅޭ ވާހަކަ އަޑު ފެތުޔރުނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އޭނާގެ އަގު ބޮޑު ކަމުން ގަންނާނެ އެހެން ކްލަބެއް ނުވުމުން ކަމަށް ވެސް އޭރު އަޑު ފެތުރުނެވެ.
އިއްޔެ އޭނާ ބުނީ އޭނާ އާ ބެހޭގޮތުން މީޑިއާއިން ފަތުރާ ބައެއް ވާހަކަތަކަކީ ތެދު ނޫން ކަމަށެވެ.
ޕީއެސްޖީ އާއި ބަޔާން މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ނޭމާ ބަލައިގަންނަން ސިޓީން ވެސް ބޭނުމެއް ނުވި
އަހަރެންނާ މެދު ޕީއެސްޖީގެ ޕްލޭނެއް ނޭނގޭ: ނޭމާ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
އެމްބާޕޭ އަށް ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ: އެންރީކޭ
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ