Roadha Mihaaru
މާލޭގައި ބަރިބަރި އަށް ސްޓިކާ ޖަހައިފި!

އިއްޔެ އާއި މިއަދު މާ ގިނައިން ސްޓިކާ ޖަހައިފި!

12 ފެބުރުއަރީ 2023

މާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިކަލުތަކުގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިފި އެވެ. ގިނަ ސައިކަލްތަކެއްގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިގެން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިކަލުތަކުގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިފި އެވެ. ގިނަ ސައިކަލްތަކެއްގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިގެން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހުންނަ ވެލާނާ ބިލްޑިންގު ކުރިމަތީގައި އޮންނަ ދެ މަގުގައި ޕާކުކޮށްފައި ހުރި ވަރަށް ގިނަ ސައިކަލުތަކުގައި ފުލުހުން މިއަދު ސްޓިކާ ޖެހި އެވެ. އެއީ ޕާކުކުރުން މަނާ ތަންތަނެވެ. ނަމަވެސް، އެތަނުގައި މީހުން ވެހިކަލް ޕާކުކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ފުލުހުން ކުރިން އެކަން ނުވެސް ހުއްޓުވަ އެވެ.

ފުލުހުން، އިއްޔެ ވަނީ މަޖީދީމަގާއި ޗާންދަނީމަގުގައި ވެސް ޕާކްކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިޖކަލުތަކުގައި ސްޓިކާ ޖަހައިފަ އެވެ.

އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު ބުނާގޮތުގައި، އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އެ އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާކުރެވޭނެ އެވެ.

ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

ޕާކްކުރުން މަނާ ތަންތަނުގައި ހުންނަ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަން މި ފެށީ އެކަން ނުކުރާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެއްގަމު އުޅަނދުފަހަރު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ޕާކުކުރާނެ ޖާގަ ނެތްއިރުގައި، ފުލުހުން ވެހިކަލްތަކުގައި ސްޓީކާ ޖަހާތީ އާންމުންގެ ފާޑުކިޔުން ވެސް އެކަމަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ.

އެކި ޖޫރިމަނާތަކުގެ ގޮތުގައި މިދިޔަ މަހު އެކަނި ވެސް ދައުލަތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.