07 ފެބުރުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް ފައިސާ ހުށަހަޅައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ އެކައުންޓުން ކުރި ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށް މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް ފައިސާ ހުށަހަޅައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ އެކައުންޓުން ކުރި ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށް މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
މުސްތަފާގެ ނަމުގައިވާ ޓްވީޓާ އެކައުންޓުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި، ރައީސް ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާއިރު، އެކަމާ ގުޅިގެން ރޭ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި އެވެ.
މުސްތަފާ މިއަދު "މިހާރު" ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކޮށް، އެކައުންޓުން ކުރި ޓްވީޓަކީ އޭނާ ކުރެއްވި ޓްވީޓެއްތޯ ފުލުހުން ސުވާލު ކުރި ކަމަށެވެ. މުސްތަފާ ފުލުހަށް ވެސް ވިދާޅުވީ، އެއީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ގޭތެރޭގައި އޭނާގެ ފޯނު އޮންނަނީ ހުޅުވާލައިފަ އެވެ. އަދި އެ ފޯނުން ދެތިން މީހަކު ޓްވީޓު ކުރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑު ގެންގުޅޭ ފޯނަކީ ހުޅުވާލާފައި އޮންނަ އެއްޗެކޭ. ގޭތެރޭގައި އުޅެއޭ ދެތިން މީހުން،" މުސްތަފާ ވިދާޅުވި އެވެ.
.@ibusolih ge Moonah Kulhu jehi meehakah 50,000/ rufiyaa ge inaameh dheynan!!!
— Mohamed Musthafa (@Thimarafushi) February 5, 2023
ރައީސްގެ މޫނަށް ކުޅު ޖަހަން ފައިސާ ހުށަހަޅައި ކުރި ޓްވީޓު
ރައީސްގެ މޫނަށް ކުޅުޖަހަން ގޮވާލައި އެހެން މީހަކު ޓްވީޓު ކުރި ނަމަ އެކަމަށް މާފަށް އެދިވަޑައިނުގަތީ ކީއްވެތޯ އާއި މާފަށް އެދިވަޑައިގަންނަވާނަންތޯ އެހުމުން މުސްތޮފާ ވިދާޅުވީ، އިބްރާހިމް މުހަންމަދު ސޯލިހަކީ ދޮގުވެރި، މަކަރުވެރި، ހިޔާނާތްތެރިއެއް ކަމަށާއި ކުޅު ޖަހަން ގޮވާލައި ޓްވީޓު ކުރި މީހަކު އެކަން ކުރީ ރަނގަޅަށް ކަމަށެވެ.
"އެ ކުރި މީހަކު ކުރީ ރަނގަޅަށް، އަޅުގަނޑު ނުކުރިޔަސް،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ ބޯޓަކަށް ސަރުކާރުން ދޭން ޖެހޭ ކަމަށް ބުނާ ފައިސާތަކެއް ސަރުކާރުން ދީފައި ނުވާ ކަމަށް ވިދާޅުވެ، އޭނާ ގެންދަވަނީ ޓްވިޓާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
Mi ulhenee Thimarafushi Dhaairaage gondi nulibi geneh noon @ibusolih haram ah Magey boat kaalaagen,adhi ibusolih dheynjehey 500,000/ dollar ves nudheegen.Boat ge Hukum ga vaa 1.278 million dollar aa eku total 1,778 million dollar nidheegen.. pic.twitter.com/qcxMMoSjPt
— Mohamed Musthafa (@Thimarafushi) February 5, 2023
ރައީސް ސޯލިހަށް ފާޑުވިދާޅުވެ މުސްތަފާ ކުރެއްވި ޓްވީޓެއް
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މުސްތަފާ ހުންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގަ އެވެ. ނަޝީދުގެ ކެމްޕެއިންގެ ބައެއް ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުއްވައި އަދި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ނަޝީދަށް ކެމްޕެއިން ކުރެއްވި އެވެ.
މުސްތަފާގެ އެކައުންޓުން ކުރި ޓްވީޓުގެ މައްސަލަ އެމްޑީޕީއިން ވަނީ ކުށްވެރިކޮށްފަ އެވެ. އެމްޑީޕީގެ އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުލްސައްތާރު ވިދާޅުވީ އެއީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ.
މުސްތަފާގެ ޓުވީޓް ކުށްވެރިކުރަން: އެމްޑީޕީ
މުސްތަފާ މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފި
ރައީސްގެ މޫނަށް ކުޅުޖަހަން އިނާމު ހުށަހެޅި މައްސަލައެއް
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ޑްރަގް ޓްރެފިކް ކުރި 314 މީހަކު ދޫކޮށްލި: އިހުސާން
ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އިބޫގެ ތުހުމަތު ބަލަނީ
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ފޮނުވައިފި
އަދީބާއި ޒިޔަތު މިނިވަންކޮށްފި
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި
ފުވައްމުލަކުގައި ހަމަނުޖެހުމެއް، 4 ފުލުހަކަށް އަނިޔާވި