Roadha Mihaaru
އަދީބާއި ޒިޔަތު މިނިވަންކޮށްފި

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް، މިނިވަންކޮށްފި

13 ނޮވެމްބަރ 2023

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދީ، މިއަދު މިނިވަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ މިނިވަންކުރީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް އޮންނަ އިހްތިޔާރުގެ ދަށުންނެވެ. އެ މުއްދަތު މިއަދަށް ހަމަވުމުން، އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ކުށްވެރިންނަށް މައާފް ދިނުމާއި އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ފުރުސަތު ރައީސަށް އޮވެ އެވެ. އަދި މައާފް ނުދެވޭނެ ކުށްތަކުގައި ވެސް އަދަބުގެ މުއްދަތު ކުޑަކޮށްދެވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރީ 2020 ވަނަ އަހަރެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.

ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި ގޭ ބަންދުގައި އަދީބު ހުކުމް ތަންފީޒުކުރައްވާތާ ދެ އަހަރެއް ވަރު ވެއްޖެ އެވެ.

ޒިޔަތަށް އެންމެ ފުރަތަމަ އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ޖަލުގައި ހުންނެވުމަށްފަހު އޭނާ ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ކުރި ހިޔާނާތުގެ ތިން ދައުވާއެއް ވެސް ޒިޔަތުގެ މައްޗަށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ސެޕްޓެމްބަރު މަހު އިއްވި އެވެ.