އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލް ނައިންޓީނައިން ފިހާރަ އިން ތައާރަފުކޮށްފި އެވެ.
05 ފެބުރުއަރީ 2023
އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލް ނައިންޓީނައިން ފިހާރަ އިން ތައާރަފުކޮށްފި އެވެ.
އެ ފިހާރައިން ބުނީ، އެ ފްލެޓް ޕެނަލަކީ ޕްރޮޖެކްޓަރުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ކަމަށެވެ. އެއީ މީޓިން ރޫމްތަކުގައި ބޭނުން ކުރެވޭނެ އުފެއްދުމެކެވެ.
ނައިންޓީނައިން އިން ވިއްކާ އިންޓަރެކްޓިވް ޓަޗް ސްކްރީން.
އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލުގައި ވީޑިއޯ ކޮންފަރެންސިން އަށް ބޭނުންވާ ކެމެރާ އާއި މައިކެއް ހިމެނެ އެވެ. އެ ފަދަ ކޮންފަރެންސްތަކަށް ބޭނުންވާ ގޫގްލް މީޓް އާއި ސްކައިޕާއި ޓީމްސް އާއި ޒޫމް ފަދަ އެޕްތައް ބޭނުން ކުރެވޭނެ އެވެ. އެންޑްރޮއިޑާއި މައިކްރޯސޮފްޓް ވިންޑޯސް އޮފަރޭޓިން ސިސްޓަމުން އެ ފްލެޓް ޕެނަލް ހިންގޭނެ އެވެ. އަދި ފަސޭހައިން ލެޕްޓޮޕް އަދި ފޯނާ ކަނެކްޓު ވެސް ކުރެވޭނެ އެވެ.
ނައިންޓީނައިން އިން ވިއްކާ އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލަކީ ޕްރެޒެންޓޭޝަންތަކާއި ކިޔަވައިދިނުމަށް ބޭނުންވާ ސްމާޓްބޯޑު ފީޗާސް ހިމެނޭ އެއްޗެކެވެ.
އެ ފްލެޓް ޕެނަލަކީ ހަތަރު ބަޔަކަށް ސްކްރީން ބަހާލައިގެން، ހަތަރު ޓާސްކެއް އެއްފަހަރާ ވެސް ކުރިޔަށް ގެންދެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ އެއްޗެކެވެ.
ނައިންޓީނައިން އިން އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލުގެ 55 އިންޗިން 98 އިންޗިއާ ހަމައަށް އެކި ސައިޒުތުތަކުގައި ލިބޭނެ އެވެ. ފާރުގައި އެ ހަރުކުރުމުގެ ހިދުމަތް ވެސް އެ ފިހާރައިން ފޯރުކޮށްދެ އެވެ.
އިންޓަރެކްޓިވް ޓަޗް ސްކްރީން ފްލެޓް ޕެނަލް އެ ފިހާރަ އިން އެމްއެފްއެލްސީ މެދުވެރިކޮށް އިންސްޓޯލްމަންޓު އުސޫލުން ނެގޭނެ އެވެ.
ނައިންޓީނައިން އަށް 3309010، 3309008، އަދި 3309007 ނަމްބަރުން ގުޅޭނެ އެވެ. އަދި 7909107 އަށް ވައިބާ ކޮށްގެން ވެސް އޯޑަރު ދީ، ކޯޓޭޝަން ހޯދޭނެ އެވެ.
ދުނިޔޭގެ 1 ނަންބަރު އެންޓިވައިރަސް ނައިންޓީނައިން އިން
ދަތުރުތަކަށް ޚާއްސަ ގޯލޯކާ އެޕް އިފްތިތާހުކޮށްފި
ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް
ޓޯޓަލްފިޒިއޯ:ހިލޭ ކޮންސަލްޓޭޝަނާއެކު ޒަމާނީ ފިޒިއޯތެރަޕީ
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު
އަމާޒަކީ ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުން
އިންޑޯމިލްކްގެ ބޮޑު އިނާމު ދިނުން އަންނަ ހުކުރު ދުވަހު
އެލިއާގެ ސްޓޯލަށް ޒިޔާރަތް ކުރުމުން އިނާމުތަކެއް
އެމްޑަބްލިއުއެސްސީއަށް 30 އަހަރު، ގިނަ ހަރަކާތްތަކެއް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި