Roadha Mihaaru
ވިލިމާލޭގެ ބަހުގެ ހިދުމަތަށް 5ރ. ނަގަން ފަށަނީ

ވިލިމާލޭގެ ބަހުގެ ހިދުމަތަށް 5ރ. މާދަމާ އިން ފެށިގެން ނަގަނީ

02 ފެބުރުއަރީ 2023

އާރްޓީއެލްގެ ދަށުން ވިލިމާލޭގައި ފެށި ބަހުގެ ހިދުމަތަށް މާދަމާ އިން ފެށިގެން 5ރ. ނަގާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އާރްޓީއެލްގެ ދަށުން ވިލިމާލޭގައި ފެށި ބަހުގެ ހިދުމަތަށް މާދަމާ އިން ފެށިގެން 5ރ. ނަގާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހިދުމަތް ހޯދުމަށް އާރްޓީއެލް މޮބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް އަދި ކިއުއާރު ޓިކެޓް ނަގައިގެންނާއި ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. ފައިސާ ދީގެން ކަރުދާސް ޓިކެޓު ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ޓިކެޓް ބަހުން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެކަމަކު، ބަހުގެ ހިދުމަތަށް ބޭނުންވާ ޓިކެޓް ޓާމިނަލްތަކުން ނުލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ވިލިމާލެ ބަހުން ހިދުމަތް ހޯދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލިމާލެ ބަހުން ހިދުމަތް ހޯދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަރުދާސް ޓިކެޓު ގަންނަން ބޭނުންވާ ނަމަ ދޭން ޖެހޭނީ ސީދާ ޓިކެޓުގެ އަގެވެ. ބަހުން ފައިސާ މާރެއް ނުކޮށްދޭނެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި، ފައިސާ ދައްކައިގެން ޓިކެޓް ލިބޭނެ ގޮތް ހަމަޖެއްސީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށެވެ. ފައިސާ މާރުނުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ވަގުތު ސަލާމަތް ކުރުމަށާއި ތާވަލަށް ބުރޫއެރިޔަ ނުދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލިމާލެ އިން ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ ހިދުމަތް އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ.