10 އޯގަސްޓް 2023
އެމްޓީސީސީން މާލެ ސަރަހައްދުގައި ދޭ އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް ކަނޑައަޅައިފި އެވެ.
އެމްޓީސީސީން މާލެ ސަރަހައްދުގައި ދޭ އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް ކަނޑައަޅައިފި އެވެ.
އެ ކުންފުނިން ބުނީ އާރު 6 އާއި އާރު 7 އާއި އާރު 8 އަދި އާރު 9 ގެ ބަސްތައް އެޗް 16 ވަނަ ހިޔާ ފްލެޓް ކައިރި އަށް މިއަދުން ފެށިގެން މަޑުކުރާނެ ކަމަށެވެ.
ހުޅުމާލެ 2 ގެ ފަސް ސްޓޮޕަަކަށް އާރުޓީއެލްގެ ބަސްތައް ކުރިން ހުއްޓި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބަސްތައް ހަ ސްޓޮޕަކަށް އޭރު ހުއްޓި އެވެ. ހިޔާ ފްލެޓް ސަރަހައްދަށް އިތުރުކުރި އާ ބަސް ސްޓޮޕާ އެކު، މާލެ އަށް ދަތުރުކުރާ ބަސްތައް ހުޅުމާލެ 2 ގެ ހަ ސްޓޮޕަކަށް ދެން މަޑުކުރާނެ އެވެ.
ވެސްޓް ޕާކު ސަރަހައްދުން ފޭސް ދޭކަށް ދަތުރު ކުރާ ބަސް ރޫޓު-- ފޮޓޯ: އެމްޓީސީސީ
ހިޔާ ފްލެޓް ސަރަހައްދުން ހުޅުމާލެ 1 އަދި މާލެ އަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށް، ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް އެމްޓީސީސީން އަންނަނީ ދެމުންނެވެ. އެންމެ ބާރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް، ދޭތެރެދޭތެރެއިން އެކި ވަގުތުތަކުގައި ވެސް ދަތުރުތައް އިތުރު ކުރަމުންދެ އެވެ. ހާއްސަކޮށް ސްކޫލަށް ކުދިން ދާ ގަޑިތަކުގައި މިހާރު ވެސް ބަސްތައް އިތުރު ކުރެ އެވެ.
މާލެ ސަރަހައްދުގައި 12 ވަރަކަށް ރޫޓުން ބަސް ދަތުރުތައް އަންނަނީ ކުރަމުންނެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގައި ދުއްވަން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނައީ 2018 ގަ އެވެ. އެ ފަހަރު 22 ޑަބަލް ޑެކް ބަސް ގެނެސްފައި ވެ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ އިތުރު 15 ޑަބަލް ޑެކް ބަސްތައް ގެނެސް ހިދުމަތް ފުޅާކޮށްފަ އެވެ.
ހުޅުމާލޭގެ މީހުންގެ ޝަކުވާ އަޑުއަހާނަން: ރައީސް
ހުޅުމާލޭގެ ފޭސް ދެއަކަށް ހާއްސަ 15 ބަސް ގެނެސްފި
ފޭސް ދެއަކުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަނީ
ހިޔާ ފްލެޓަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް
ސްޓެލްކޯ ފްލެޓް ސަރަހައްދަށް އިތުރު ދެ ބަސް ސްޓޮޕް
ފޭސް ދޭއްގެ ބަހުގެ މައްސަލަ މި އަހަރު ހައްލުވާނެ
ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!
ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ: ޝާހު
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް