Roadha Mihaaru
މާލޭގައި ފަތިހު 5ގައި ބަހުގެ ހިދުމަތް ދޭން ފަށަނީ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފަތިހު 5 ޖަހާއިރު ބަހުގެ ހިދުމަތް ދޭން ފަށަނީ

06 ސެޕްޓެމްބަރ 2024

މާލެތެރޭގައި ބަސް ދަތުރުކުރާ 8 ރޫޓެއްގެ ދަތުރުތައް ފަށާ ގަޑިއަކީ ފަތިހު ފަހެއް ޖަހާއިރު ކަމަށް ހަމަޖައްސަން އެމްޓީސީސީން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެތެރޭގައި ބަސް ދަތުރުކުރާ 8 ރޫޓެއްގެ ދަތުރުތައް ފަށާ ގަޑިއަކީ ފަތިހު ފަހެއް ޖަހާއިރު ކަމަށް ހަމަޖައްސަން އެމްޓީސީސީން ނިންމައިފި އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލޭ ބަހުގެ ހިދުމަތް ދެމުންދާ އެމްޓީސީސީން މިއަދު ބުނީ، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ހިޔާލުތަކަށް ރިއާޔަތްކޮށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން 8 ރޫޓެއްގައި ބަހުގެ ހިދުމަތް ފަށާ ގަޑިއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ބަހުގެ ހިދުމަތް ފަތިހު ފަހެއް ޖަހާއިރު ފަށާ ރޫޓުތައް:

- R1

- R2

- R6

- R7

- R8

- R10

- R11

- R12

މީގެ ތެރޭގައި އޯކިޑު ރޫޓާއި އަމީނީ ރޫޓާއި ސޯސަން ރޫޓުގެ އިތުރުން ވެސްޓް ޕާކާއި ކާނިވާ ސަރަހައްދުގެ އިތުރުން ހުޅުމާލެއަށް ދާ ރޫޓުތައް ވެސް ހިމެނެ އެވެ.

މީގެ ކުރިން ބަހުގެ ހިދުމަތް ފަށަނީ ހެނދުނު ހައެއް ޖަހާއިރު އެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން 36 މިނީ ބަސް ރާއްޖެ އަށް ގެނެސްފައި ވެ އެވެ. އޭގެ ތެރެއިން މާލޭގައި އެ ހިދުމަތް ދިނުމަށް 12 ބަސް ބޭނުންކުރެ އެވެ. އެއީ 20 މީހުންގެ ޖާގައިގެ، ފުރޮޅުލީ ގޮނޑިއަށް ވެސް ހާއްސަ ޖާގަ ހުންނަ ބަސްތަކެކެވެ.