30 ޖެނުއަރީ 2023
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް މިހާރު ކުރިއަށް އެބަގެންދަވަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް މިހާރު ކުރިއަށް އެބަގެންދަވަ އެވެ.
ދޮންމަނިކު ސްކައި ވިއުގައި ބާއްވާ އެ ކެއުމުގައި ނަޝީދުގެ ކެމްޕެއިން ޓީމުތަކުގެ ވަރަށް ގިނަ މެމްބަރުން އެބަތިއްބެވެ.
މިއީ ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު އާންމު ތަނަކުން ފެނުނު ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު #ފިކުރެއްގެދިރުން ކެމްޕެއިން ޓީމްތަކާއި އެކު ވަގުތުކޮޅެއް ?#FikureggeDhirun pic.twitter.com/c8reFk9xIA
— Sim (@Simwarr) January 30, 2023
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވަނީ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ގަބޫލު ކުރައްވައިފަ އެވެ. އެކަމަކު އެއާ ވިއްދައިގެން ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.
"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން."
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ފެކްޝަންތަކާއެކު މަސައްކަތްކުރުމަށް ނަޝީދު ގޮވާލައްވައިފި
އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނަޝީދުގެ ނެތް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ފައްޔާޒް އެދިވަޑައިގަތީ ނަޝީދު އަލުން ވިސްނެވުމަށް
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް