Roadha Mihaaru
80 ފޫޓަށް ވުރެ ބޮޑު މަހެއްގެ ވަށައިގެން ފެމުނު!

80 ފޫޓަށް ވުރެ ބޮޑު މަހެއްގެ ވަށައިގެން ފެމުނު: ސަޅި!

17 ޖެނުއަރީ 2017

މި ކަހަލަ މަންޒަރެއް ދުވަހަކު ވެސް ދުށިން ހެއްޔެވެ؟ މަރުވެ، ކުނި ވެފައި އޮތް ބޮޑުމަހެއް ފެމުނުތަކެއްގެ ކާނާއަކަށް ވީ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މި ކަހަލަ މަންޒަރެއް ދުވަހަކު ވެސް ދުށިން ހެއްޔެވެ؟ މަރުވެ، ކުނި ވެފައި އޮތް ބޮޑުމަހެއް ފެމުނުތަކެއްގެ ކާނާއަކަށް ވީ އެވެ.

މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)ގެ މި ފޮޓޯތަކުން ފެންނަނީ އަރި އަތޮޅުގައި އިއްޔެ އޮޔާދެމެމުން ދިޔަ ބިޔަ ބޮޑުމަހެއްގެ ކައިރީގައި ފެމުނުތަކެއް އުޅެމުން ދިޔަ ގޮތެވެ. ގައިމު ވެސް އާއްމުކޮށް ފެންނަ ކަހަލަ ކަމެއް ނޫނެވެ.

މަރުވެފައި އޮތް ބޮޑުމަހުގެ ކައިރީގައި ފެމުނުތައް ދުވަނީ. ފޮޓޯ: އެލެގްޒެންޑްރާ ޗައިލްޑްސް/ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)

މަރުވެފައި އޮތް ބޮޑުމަހުގެ ކައިރީގައި ފެމުނުތައް ދުވަނީ. ފޮޓޯ: އެލެގްޒެންޑްރާ ޗައިލްޑްސް/ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)

އެމްޑަބްލިޔުއެސްއާރްޕީ އިން ފޭސްބުކްގައި ޝެއާކޮށްފައިވާ މި ފޮޓޯތައް ސަޅިވެގެން އެތައް ބަޔަކު އަންނަނީ އެ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ހިމެނެ އެވެ.

ބައެއް މީހުން އެންމެ ބޮޑަށް ޝައުގުވެރިވީ ފެމުނުތަކަށެވެ. ފެމުނަކީ މިޔަރުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބާވަތެވެ. އެހެން މިޔަރަށް ވުރެ ބޯ ބޮޑުކޮށް، ގައިގައި ލައް ޖަހާފައި ހުންނަ ފެމުނު ބާރުގަދަ ވެފައި ދަތްތައް ވަރުގަދަ އިރު މީހުންނަށާއި އުޅަނދުފަހަރަށް ވެސް ހަމަލާ ދޭ ކަމަށްވެ އެވެ.

އެކަމަކު، މަރުވެފައި އޮތް ބޮޑުމަސް ކާން އުޅުނު ފެމުނުތަކުގެ ފޮޓޯ އާއި ވީޑިއޯ ފެނު އަޑިން ނަގައި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އެހާ ނުރައްކާތެރި އެއްޗެއްގެ މަންޒަރުތައް ނެގީމާ އެކަން "ސަޅި"ވެގެން ބައެއް މީހުން ވާހަކަ ދެއްކި އިރު އަނެއް ބަޔަކު ތިބީ އެކަމާ ހައިރާންވެ ބަސް ހުއްޓިފަ އެވެ.

ފެމުނެއް ބޮޑުމަސް ކަނީ. ފޮޓޯ: އެލެގްޒެންޑްރާ ޗައިލްޑްސް/ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)

ފެމުނެއް ބޮޑުމަސް ކަނީ. ފޮޓޯ: އެލެގްޒެންޑްރާ ޗައިލްޑްސް/ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)

ބައެއް ޑައިވަރުން ބުނާ ގޮތުގައި ފެމުނަކީ ރާއްޖެ އިން އެހާ އާއްމުކޮށް ފެންނަ އެއްޗެއް ނޫނެވެ.

"މިހާރު އިރުވައިގެ އޮއެ ދެމޭތީ ފެންނަނީ ކަމަށް ވަނީ،" ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރަކު ބުންޏެވެ.

ފެމުނުގެ ވީޑިއޯ

އެމްޑަބްލިޔުއެސްއާރްޕީ އިން ފޭސްބުކްގައި ބުނިގޮތުގައި ބޮޑުމަހުގެ ދިގުމިނުގައި މަދުވެގެން 25 މީޓަރު (82 ފޫޓު) ހުންނާނެ އެވެ.

"އޭތި ބޮޑުކަމުން، އަހަރެމެން ގެންގުޅޭ 20 މީޓަރުގެ ފީތާ އިން ވެސް ނުފުދުނު،" ފެހުރިހީގެ ދިރާސާތައް ކުރާ ޖަމްއިއްޔާ އިން ލިޔުނެވެ.

ކޮމެންޓްކުރި ބައެއް މީހުން ތިބީ އެއީ ކޮން ބާވަތެއްގެ ބޮޑުމަހެއްތޯ ދެނެގަންނަން ބޭނުންވެފަ އެވެ. ބްލޫ ވޭލްއެއް ކަމަށް އެއް ބަޔަކު ބުނާ އިރު އެއް ޑައިވަރަކު ބުނަނީ އެއީ ހަމްޕްބެކް ވޭލްއެއް ކަމަށެވެ.

ބޮޑުމަހެއް މަރުވެފައި އޮތް ތަން ފެނިފައި ދެރަވިޔަސް، އޭތި ފެމުނުތަކުގެ ކާނާއަކަށް ވެގެން ދިޔަ ގޮތް ގިނަ ބަޔަކަށް ޝައުގުވެރި އެވެ. ބައެއް މީހުން ބުނި ގޮތަށް، މިއީ ދުނިޔޭގެ ކަން ހިނގާ އުސޫލެވެ.