ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ މިއަދު ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅުގެ ސަރަހައްދަށް ކަން ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުން އެނގިއްޖެ އެވެ.
23 ޖެނުއަރީ 2023
ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ މިއަދު ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅުގެ ސަރަހައްދަށް ކަން ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުން އެނގިއްޖެ އެވެ.
އެ މިނިސްޓްރީން އާންމު ކުރި އިއުލާނުގައިވާ ގޮތުން، ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވެ އެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. މިއީ އޯޕަން ބިޑިން މަރުހަލާއެއްގެ ދަށުން ދޫކުރާ ރަށްތަކަކަށް ވާތީ، އެ ދެ ތަނުގެ އަގު އެއަށް ވުރެ ވެސް ބޮޑަށް އުފުލުމުގެ ފުރުސަތު އެބައޮތެވެ.
ކ. ކާށިދޫ: އެ ރަށުގައި 10 ހެކްޓަރުގެ ބިން ވެސް ވަނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފައި.-- ފޮޓޯ: ދަ އައިލެންޑް ޗީފް
އެ ދެ ދަށުގެ އިތުރުން 10.9 ހެކްޓަރުގެ ހއ. މެދަފުށީގެ އެކުއިޒިޝަން ކޯސްޓަކަށް ކަނޑައަޅާފައިވަނީ 875،000 ލައްކަ ޑޮލަރު (13.5 މިލިއަން ރުފިޔާ) އެވެ. ޓޫރިޒަމް މިނިސްޓްރީ ދެން ހުޅުވާލި ތ. އޮޅުފުއްޓާއި އޮޅުފުށި ފިނޮޅުގެ އެކުއިޒިޝަން ކޮސްޓަކީ ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ) އެވެ. ގދ.ގެ ފެރޭތަވިލިގިއްލާ އާ ޖެހިގެން އޮންނަ އިތުރު ތިން ރަށެއް އެއްކޮށް ދޫކުރަނީ ވެސް ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ) އަށެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން އިތުރަށް ދޫކޮށްފައިވަނީ ހއ. އަލިދުއްފަރުފިނޮޅާއި ރ. އެއްތިގިލި އާއި މ. ބޯހުރާ އާއި ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ އާއި ގދ. ހާދުވާ އެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓް އުޅެނީ ފަސް ލައްކަ އާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަހަރު ހުޅުވާލި ގިނަ ރަށްތަކަކީ މިދިޔަ އަހަރު ވެސް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި ރަށްތަކެވެ. އެހެން ނަމަވެސް، ބިޑް ތަކުގެ ޝަރުތު ފުރިހަމަ ނުވުމާއި، އެ ރަށްތަކަށް ބިޑް ނުލިބި ހުރުމުން އަނެއްކާ ވެސް މިވަނީ ރިސޯޓު ހެދުމަށް ހުޅުވާލައިފަ އެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.
އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް އަންނަ މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް އިންވެސްޓަރުންނަށް ފުރުސަތު އޮންނާނެ އެވެ.
މިދިޔަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފަ އެވެ. މުއްދަތު ހަމަވިއިރު ބީލަން ހުށަހެޅީ 13 ފަރާތަކުންނެވެ. އެ ފަރާތްތަކުން ހުށަހެޅީ 9 ރަށަކަށް ޝައުގުވެރިވެގެންނެވެ. ނަމަވެސް ބީލަން ކާމިޔާބުކުރީ ފަސް ރަށަކުންނެވެ. އެހެން ނަމަވެސް ކަނޑައެޅި މުއްދަތުގެ ތެރޭގައި ރަށުގެ އަގުގެ 50 ޕަސެންޓު ނުދެއްކުމުން ބީލަން ކާމިޔާބު ކުރި އެއް ކުންފުނީގެ ބީލަން ފަހުން ވަނީ ބާތިލުވެފަ އެވެ. އެހެންވެ މިދިޔަ އަހަރު އަލަށް ރިސޯޓު ހަދަން ދޫކުރީ ހަތަރު ފަރާތަކަށެވެ.
ރިސޯޓު ހަދަން 17 ރަށެއް ހުޅުވާލައިފި
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ހަލާލު ޓޫރިޒަމަށް 6 ރަށެއް، އަގުތައް މިލިއަނުން ތިރި
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް