Roadha Mihaaru
ރައީސްގެ ޕްރައިމަރީ ކެމްޕޭން މިއަދު ކ. އަތޮޅުގައި

ރައީސްގެ ކެމްޕޭން މިއަދު ގުރައިދު އާއި ކާށިދޫ އަދި ތޮއްޑޫގައި

23 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކ. ގުރައިދުއަށް ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކ. ގުރައިދުއަށް ވަޑައިގެންފި އެވެ.

އެ ރަށުގައި ކެމްޕޭން ގްރޫޕްތަކާ ބައްދަލުކުރެއްވުމަށް ފަހު "ދޮރުން ދޮރަށް" ހިންގަވާނެ އެވެ.

އެއަށްފަހު ރައީސް ވަޑައިގެންނަވާނ ކާށިދުއަށެވެ. މިއަދު ރައީސް ވަޑައިގަންނާވެނެ އެންމެ ފަހު ރަށަކީ އއ. ތޮއްޑޫ އެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނީ، އެ މަނިކުފާނު މާދަމާ އއ އަތޮޅުގެ ބައެއް ރަށްތަކަށް އަދި އދ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދެ ރަށުގެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ބޮޑު ޖަލްސާއެއް މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގައި ވަނީ ބާއްވައިފަ އެވެ.