Roadha Mihaaru
ކުޅުދުއްފުށި ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ނިންމައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑި މަސައްކަތް އެމްޓީސީސީން ނިންމައިފި

22 ޖެނުއަރީ 2023

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫއު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫއު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި އެ ޕްރޮޖެކްޓުގެ ދަށުން ބަލިމީހުން ބަލާ ކޮޓަރިއަކާއި ފަރުވާދޭ ކޮޓަރިއަކާއި ޕްރޮސީީޖާ ރޫމެއް ވަނީ ހަދައިފަ އެވެ. އަދި ނާސިން ސްޓޭޝަނާއި 6،189 އަކަފޫޓުގެ ވެއިޓިން ލައުންޖެއް ވެސް ވަނީ ހަދައިފަ އެވެ.

އޯޕީޑީގެ ލައުންޖު އޭރިއާ. -- ފޮޓޯ: އެމްޓީސީސީ

އޯޕީޑީގެ ލައުންޖު އޭރިއާ. -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި އެ ތަން ހެދީ ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބަހައްޓައި ސީސީޓީވީ ކެމެރާ ސިސްޓަމާ ވެސް އެކުގަ އެވެ.

މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އޯޕީޑީ އިމާރާތުގެ އެތެރެ. -- ފޮޓޯ: އެމްޓީސީސީ

އޯޕީޑީ އިމާރާތުގެ އެތެރެ. -- ފޮޓޯ: އެމްޓީސީސީ

ހދ، ކުޅުދުއްފުއްޓަކީ 10،000 ގެ އާބާދީއެއް އޮންނަ ރަށެކެވެ. ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލަކީ އެ ރަށުގެ ރައްޔިތުންގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅުގައި ދިރިއުޅޭ 72،000 ރައްޔިތުން ހިދުމަތް ހޯދަން ދާ ތަނަކަށްވުމުން އޯޕީޑީގެ މަޝްރޫއަކީ މުހިންމު މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ.