30 އޯގަސްޓް 2023
ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ތިރީސް އަށް މިލިއަން ޑޮލަރަށް، އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެ ކުންފުންޏާ ހަވާލުކުރީ މަސައްކަތް ފަށާތާ ދެ އަހަރާއި ހަ މަހުން ނިންމަން ޖެހޭ ގޮތަށް ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް އަބްދުލްހައްނާން ހުސެއިނެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއި އެވެ.
ހދ. ކުޅުދުއްފުށި އަދި ގދ.ތިނަދޫ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ އާއި އެކު އެއްބަސްވުމުގައި ސޮއިކުރުން pic.twitter.com/zD0aJA0Um1
— Ministry of Health (@MoHmv) August 30, 2023
އެ ދެ ރަށުގައި މިހާރު ވެސް ހޮސްޕިޓަލް ހުންނައިރު އެ ތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް މި ސަރުކާރުން ވަނީ އިތުރު ހިދުމަތްތައް ވެސް ތަރައްގީކޮށްފަ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ހޮސްޕިޓަލްތައް އަޅަން ނިންމާފައި ވަނީ ކުޅުދުއްފުއްޓާއި ތިނަދޫގެ އިތުރުން، ރ. އުނގޫފާރާއި އަދި ލ. ގަމުގަ އެވެ. އައްޑޫގެ ޓާޝިއަރީ ހޮސްޕިޓަލް ވަނީ 2020 ގައި ހުޅުވައިފަ އެވެ.
ކުޅުދުއްފުށި/ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!
ކުޅުދުއްފުށީގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާ ފަށައިފި
ކުޅުދުއްފުށި ހޮސްޕިޓަލްގެ ޓެލެފޯން ވިއުގަ ވަރުގަދަކުރަނީ
"ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެގްރިމަންޓް ނިންމަން ޖެހޭ"
ކުޅުދުއްފުށީހޮސްޕިޓަލް އެއްބަސްވުން އުވާލުމުގެ އިޝާރާތެއް
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނޫރުލް އިސްލާމަށް