Roadha Mihaaru
އެއާޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ، އެކެއްގެ ހާލު ސީރިއަސް

19 އޮކްޓޯބަރ 2023

ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ "ޕްރެޝާ ފެޑް" ސިސްޓަމް ގޮވައި ހަތަރު ފަޔާ ފައިޓަރަކަށް ދެންމެ އަނިޔާވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ "ޕްރެޝާ ފެޑް" ސިސްޓަމް ގޮވައި ހަތަރު ފަޔާ ފައިޓަރަކަށް ދެންމެ އަނިޔާވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ، ފުލުހުން ބުނީ އެ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އެ މީހާގެ އެއް އޮތީ އެއްކޮށް ޗިސްވެފައި ކަމަށް ވެ އެވެ.

"ތިން މީހުން ވެސް މާލެ ގެނައުމުގެ ކަންކަން އަންނަނީ ކުރަމުން،" ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ގޮވި، އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރު: އެ ހާދިސާ ހިނގީ ސިލިންޑަރު ރިފިލްކުރުމުގެ ތެރޭގައި.-- ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށީ އެއާޕޯޓުގައި ގޮވި، އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރު: އެ ހާދިސާ ހިނގީ ސިލިންޑަރު ރިފިލްކުރުމުގެ ތެރޭގައި.-- ފޮޓޯ: އެމްއެންޑީއެފް

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނެނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އެންމެ ބޮޑަށް އަނިޔާވީ ފިރިހެނަކަށެވެ. އެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލް ކުރުމުގެ ތެރޭގައި އެ ގޮވައިގެން ކަމަށެވެ. ފުލުހުން ބުނީ އަނިޔާވި މީހުންނަކީ އެއާޕޯޓްގެ މުވައްޒަފުން ކަމަށާއި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ހެނދުނު 11:45 ހާއިރު ކަމަށެވެ.