Roadha Mihaaru
ގެދޮރުވެރިޔާ ފްލެޓްތައް އާންމުންނަށް ދައްކާލަނީ

ގެދޮރުވެރިޔާ ފްލެޓްތައް އާންމުންނަށް ދައްކާލަނީ

22 ޖެނުއަރީ 2023

ހުޅުމާލެ 2 ގައި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓްތަކުގެ އެކްސްޕީއަންސް ޔުނިޓްތައް ބަލައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގައި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓްތަކުގެ އެކްސްޕީއަންސް ޔުނިޓްތައް ބަލައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ މިއަދު މެންދުރު 2 އިން ހަވީރު 4 އަށް އެ ޔުނިޓްތައް ދައްކާލާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން މެންދުރު 2 އިން އިރުއޮއްސި 6 އަށް އެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.