22 ޖެނުއަރީ 2023
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން އެންމެ ފަހުގެ ރަނަރަފް ކްލަބް ވެމްކޯ ބަދަލު ހިފައިފި އެވެ.
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން އެންމެ ފަހުގެ ރަނަރަފް ކްލަބް ވެމްކޯ ބަދަލު ހިފައިފި އެވެ.
ގައުމީ އަންހެން ވޮލީ މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ގަ އެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދީ ފައިނަލުގައި ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
އިއްޔެ ފެށި މުބާރާތުގެ ދެވަނަ މެޗުގައި ޕޮލިހާ ދެކޮޅަށް ނުކުމެ ވެމްކޯއިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް ވެމްކޯއިން ގެންދިޔައީ ބޮޑު ލީޑަކުން 25-17 އިންނެވެ. އެކަމަކު ފަހު ދެ ސެޓް ދިޔައީ ވާދަވެރިކޮށެވެ. އެ ދެ ސެޓް ގެންދިޔައީ 25-23 އަދި 25-20 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ޖޫޒާން ޒަރީރު އެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އާ ދެކޮޅަށް ނުކުތީ ކްލަބް ވޮލީބޯލް އެވެ. ވާދަވެރިކަން ބޮޑުވި އެ މެޗު އީގަކްސް އިން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް އީގަލްސްއިން ކާމިޔާބު ކުރީ 27-25، 27-25 ންނެވެ. ދެން ޖެހިގެން އައި ދެ ސެޓް 25-22 އަދި 25-16 އިން ހޯދައި ކްލަބް ވޮލީބޯޅައިން މެޗު ހަމަހަމަ ކުރި އެވެ. މެޗުގެ ޑިސައިޑިން ސެޓަށް ގޮސް އީގަލްސްއިން ސެޓް ކާމިޔާބު ކުރީ 15-9 ންނެވެ.
މުބާރާތުގެ މިއަދު ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މިރޭ ވެމްކޯ ނުކުންނާނީ ކްލަބް ވޮލީބޯޅަ އާ ދެކޮޅަށެވެ.
ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އަށް
ކްލަބް ވޮލީބޯލް ބަލިކޮށް ޗެމްޕިއަންކަން ވެމްކޯ އަށް
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ޕޮލިހަށް
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް
ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ފާސްކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް