Roadha Mihaaru
ރާއްޖެ ޓީވީގެ ޒަރީރަށް ހުކުމްކުރުން ފަސްކޮށްފި

ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

ޒަރީރުގެ މައްޗަށް ދައުވާކުރަނީ މާޗް، 2015 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަތް ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ހުކުމް މިއަދު އިއްވާ ގޮތަށް ހަމަޖައްސާފައި އޮތަސް އެހެން ދުވަހަކަށް އެކަން ވަނީ ފަސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ހުކުމް އިއްވުން ފަސްކުރީ މި މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުންނެވެ.

ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރާއި މުހައްމަދު ވިސާމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ފުލުހުންގެ ދައުރު އަދާކުރި ކަމަށް ބުނެ ދައުވާކޮށްފަ އެވެ. މި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާއިރު، އެ މީހުންނަށް އަދަބު ކަނޑައެޅުން މިމަހުުގެ 24 ވަނަ ދުވަހު އޮންނާނެ އެވެ.