18 ޖެނުއަރީ 2023
ވުލްވަހެމްޓަން (ޖެނުއަރީ 18) - އެފްއޭ ކަޕުގެ ތިން ވަނަ ބުރުގެ ރީޕްލޭ މެޗުގައި 1-0 އިން ވުލްވްސް ބަލިކޮށް ހަތަރު ވަނަ ބުރަށް ދެވުމުން، އަހަރު ތަކަކަށް ފަހު މޮޅަށް ކުޅެވުމުގެ އިހުސާސް ކުރެވުނު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ވުލްވަހެމްޓަން (ޖެނުއަރީ 18) - އެފްއޭ ކަޕުގެ ތިން ވަނަ ބުރުގެ ރީޕްލޭ މެޗުގައި 1-0 އިން ވުލްވްސް ބަލިކޮށް ހަތަރު ވަނަ ބުރަށް ދެވުމުން، އަހަރު ތަކަކަށް ފަހު މޮޅަށް ކުޅެވުމުގެ އިހުސާސް ކުރެވުނު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ހާވީ އެލިއޮޓް އެވެ.
މިއީ ލިވަޕޫލް މި އަހަރުތެރޭ ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި ބްރައިޓަން އާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވިއިރު، އޭގެ ކުރިން އެފްއޭ ކަޕް ގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަދި އަހަރުގެ ފުރަތަމަ މެޗުގައި ބަލިވީ ލީގުގައި ބްރެންޓްފޯޑް އަތުންނެވެ.
ހާވީ އެލިއޮޓް ލިވަޕޫލަށް ގޯލު ޖަހައިދިނުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރާނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެންނަށް ކުރެވެނީ އަހަރުތަކަކަށް ފަހު މޮޅަށް ކުޅެގެން މޮޅު ވެވުނު ކަމުގެ އިހުސާސް،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.
"މެޗުގެ ފަހުކޮޅު އަހަރެމެންނަށް އުނދަގޫ ވި އެކަމަކު ބޮޑު ބައި ކޮންޓްރޯލް ކުރީ އަހަރެމެން. ވަރަށް ރަނގަޅު، އަހަރެން ދެކެން ބޭނުންވި ކަންތައް ހާސިލްވި."
ލިވަޕޫލާއި ވުލްވްސް ރީޕްލޭ ކުޅެން ޖެހުނީ މިދިޔަ ހަފްތާ ކުޅުނު މެޗުގައި ވުލްވްސް މެޗުން މޮޅުވާން ޖެހި ލަނޑު ވީއޭއާރުން ބަލައިނުގަތުމުންނެވެ. ވީއޭއާރުގެ އެ ނިންމުން ގޯސް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔުންތައް ވެސް އަމާޒު ވިއެވެ.
ވުލްވްސްގެ ކޯޗު ހޫލެން ލޮޕެޓެގީ ބުނީ މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވުމުން ދެރަ ވާކަމަށާއި، ކުޅުނު ދެ މެޗަށް ބަލާއިރު މުބާރާތުގައި ކުރިއަށް ދިޔުން ހައްގީ ވުލްވްސް އަށް ކަމަށް ދެކޭ ކަމަށެވެ.
"މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭތީ ދެރަވޭ. ދެ މެޗަށް ބަލާއިރު އަހަރެންނަށް ހީވަނީ ވުލްވްސް އަށް ދެން އޮތް ބުރުގެ ޖާގަ ހައްގުވާހެން މާ ބޮޑަށް. އެކަމަކު މިއީ ފުޓުބޯޅަ، މީގައި އޮންނާނީ ނަތީޖާ ނެރުން،" ލޮޕެޓެގީ ބުންޏެވެ.
"ހަމަ އެ ގޮތަށް ފުރަތަމަ މެޗުގައި އިދިކޮޅު ޓީމަށް ވުރެ ގިނަ ގޯލު ޖެހިން، އެކަމަކު މި މެޗު ކުޅެން ޖެހުނީ. މި މެޗުގައި އެންމެ ދެރަވީ ފުރަތަމަ ހާފުގައި އަހަރެމެން ކޮޅަށް ވަން ގޯލުން."
ރޭގެ މެޗަކީ ޑިސެމްބަރު މަހު ނިމުނު ވޯލްޑް ކަޕަށް ފަހު ލިވަޕޫލް ކާމިޔާބުކުރި ތިން ވަނަ މެޗެވެ. ވޯލްޑް ކަޕަށް ފަހު ލިވަޕޫލް އެންމެ ފުރަތަމަ ކުޅެން ޖެހުނީ އެފްއޭ ކަޕް ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗުން 3-2 އިން ބަލިވި ނަމަވެސް ލީގުގައި އެސްޓަން ވިލާ އާއި ލެސްޓާ ސިޓީ އަތުން ވަނީ މޮޅުވެފަ އެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ޗެމްޕިއަން ލިވަޕޫލް، ހަތަރު ވަނަ ބުރުގައި ކުޅެން ޖެހެނީ ބްރައިޓަން އާ ދެކޮޅަށެވެ. މި މެޗް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބްރައިޓަންގެ ދަނޑުގަ އެވެ.
ލިވަޕޫލަށް ވާ ގޮތް ކްލޮޕް އަށް ވެސް ބުނެދޭން ނޭނގޭ
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
އެފްއޭކަޕް ގައި ލިވަޕޫލް އެއްވަރު، ނިއުކާސަލް ކަޓައިފި
ލިވަޕޫލް ގޮވައިގެން ކްލޮޕް އެފްއޭ ކަޕް ފައިނަލަށް
އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީގެ ކުރިމަތިލުން މިރޭ
މަޓިޕް މައްސަލަ ބޯމަތީގައި، ލިވަޕޫލް މުހިއްމު މެޗަކަށް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ރާޑަރަށް ފައިނޯޑްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ