17 ޖެނުއަރީ 2023
ހުޅުމާލޭގައި ހެވީ ވެހިކަލް ޕާކުކުރާނެ ޖާގަ ކުއްޔަށް ދިނުމަށް ނިންމައި ބިޑް އުސޫލުން އެ ޖާގަތަކަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި ހެވީ ވެހިކަލް ޕާކުކުރާނެ ޖާގަ ކުއްޔަށް ދިނުމަށް ނިންމައި ބިޑް އުސޫލުން އެ ޖާގަތަކަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީގެ އިއުލާނެއްގައި ބުނީ ޕާކިން ޖާގަ ދޫކުރާނީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނުން ކަމަށެވެ. އެ ސަރަހައްދުން 19 ޖާގައެއް ބިޑް އުސޫލުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކުގެ ތެރޭގައި ހިމެނެނީ:
• 40 ފޫޓު ޓްރެއިލާގެ 3 ޖާގަ (810.75 އަކަފޫޓް)
• 20 ފޫޓު ޓްރެއިލާގެ 2 ޖާގަ (679.42 އަކަފޫޓް)
• ޑަމްޕަރު ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގަ (339.25 އަކަފޫޓް)
• ކެރޭނު ޕާކުކުރުމަށް 4 ޖާގަ (528.04 އަކަފޫޓް)
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބްރިޖެއްގެ މަތިން ބޮޑު ލޮރީއެއް ދުއްވާފައި ދަނީ: ބިޑް އުސޫލުން ހުޅުމާލޭގައި ހެވީ ވެހިކަލް ޕާކުކުރާނެ ޖާގަ ކުއްޔަށް ދިނުމަށް ވަނީ ނިންމައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޖާގަތައް ކުއްޔަށް ދޫކުރަނީ މުދާ އުފުލާ ބަރު އުޅަނދުތަކަށް އެކަނި ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިޑް ފަށާ އަގަކީ މަހަކު އަކަފޫޓަކަށް 12.01ރ. އިން ކަމަށެވެ. މި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ދެ އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ޖާގަ ދޭނީ ބިޑް ހުށަހަޅާ ތަރުތީބުން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕާކިން ޖާގަތަކަށް ކުރިމަތިލެވެނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ އުޅަނދުތަކަކީ ހުޅުމާލޭގެ ސިނާއީ މަސައްކަތަކަށް ފާއިތުވި ތިން އަހަރު ބޭނުންކޮށްފައިވާ އަދި މިހާރު ވެސް އެ ބޭނުންކުރާ އުޅަނދުތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ޖާގަތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 31 ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. ބިޑް ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު އެވެ.
ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެޗްޑީސީން މިދިޔަ އަހަރު ވެސް ވަނީ ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކްކުރާނެ ޖާގަ ބިޑް އުސޫލުން ކުއްޔަށް ދޫކޮށްފަ އެވެ.
ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް ހަދަން ވެސް އެޗްޑީސީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ
ސްމާޓް ޕާކިންގެ ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ
ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ހިންގާނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލް
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ
އެހެން ޒޯނުތަކަށް ހާއްސަކުރި ޕާކިންގައި 250 ވެހިކަލް
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް