27 ޑިސެމްބަރ 2022
ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލް އެބައޮތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލް އެބައޮތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ބަލައި އެޗްޑީސީން ހެދި ސާވޭގެ ރިޕޯޓުގައި ބުނީ ރަޖިސްޓްރީ ނަންބަރު ނެތް ގިނަ ވެހިކަލްތަކުގެ އިތުރުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 ވެހިކަލް ވެސް ހުޅުމާލޭގެ މަގުތަކުގައި އެބައޮތް ކަމަށެވެ.
އޭގެ ތެރޭގައި ސައިކަލާއި ކާރާއި ވޭނާއި ޕިކަޕު ވެސް ހިމެނެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފުލުހުންގެ ފްލެޓްތައް ކައިރީގައި ބޭނުންނުކުރާ ޕިކަޕްއެއްގެ ތެރޭގައި ހަލާކުވެފައި އޮތް ކާރެއްގެ ބައެއް، މި ސަރަހައްދުގައި މި ފަދަ ބައިވަރު ވެހިކަލްތައް ވަނީ ޖަމާކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ވެހިކަލްތައް އޮތް މަގާއި އޭގެ ފޮޓޯ ވެސް އެޗްޑީސީގެ ސާވޭ ރިޕޯޓުގައި ހިމަނާފައިވެ އެވެ. ގިނަ ވެހިކަލްތައް އޮތީ ހުޅުމާލެ އިންޑިސްޓްރިއަލް ސަރަހައްދުގެ މަގުތަކުގަ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވެހިކަލްތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ އަވަށުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންވެ، ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާ އަދި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ހަކާލުވެފައި/ސުންބޯޑުގައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ
ސްމާޓް ޕާކިންގެ ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ
ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ހިންގާނެ ބަޔަކު ހޯދަނީ
ހެވީ ވެހިކަލް ޕާކުކުރާނެ ޖާގަ ކުއްޔަށް ދެނީ
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ
އެހެން ޒޯނުތަކަށް ހާއްސަކުރި ޕާކިންގައި 250 ވެހިކަލް
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް