އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ރިޔާސީ އިންތިހާބެއްގެ ސައްހަކަން ގަބޫލެއް ނުކުރާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
17 ޖެނުއަރީ 2023
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ރިޔާސީ އިންތިހާބެއްގެ ސައްހަކަން ގަބޫލެއް ނުކުރާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރި މައްސަލަ ސާބިތުވެ، ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.
އެހެންވެ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ވާދަކުރެވޭނެ މަގު މިހާރު ވަނީ ބަންދުވެފަ އެވެ. ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ވޯޓު ކަރުދާހުގައި ޔާމީންގެ ނަން އޮންނާނެ އެވެ.
ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މާލޭގައި އަންނަ މަހުގެ 2-4 އަށް ބާއްވާ "ރައީސް ޔާމީން 2023" ކޮންފަރެންސަކީ ރަސްމީ ކެމްޕެއިން ފެށުމަށް ވަރަށް މުހިއްމު ބައެއް ކަމަށެވެ.
އިރާދަކުރެއްވިއްޔާ ވޯޓުު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން.-- ހީނާ ވިދާޅުވި.
އެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ސެނެޓުގެ މެމްބަރުންނާއި ދާއިރާގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުންގެ ކޮމިޓީ ރައީސުން އަދި ސްޓީރިއަން ކޮމިޓީގެ ރައީސާއި އިތުރު ދެ މެމްބަރުންނާއެކު، ޖުމްލަ 1،500 މެމްބަރުން ބައިވެރިވާނެ އެވެ. މިހާތަނަށް 500 މެމްބަރުން ރަޖިސްޓަރީވެފައިވެ އެވެ.
މިއީ، ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ.
އޭނާ ވިދާޅުވީ ކޮންފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ހުރިހާ މަސައްކަތެއް ކޮށްދިނުން ކަމަށެވެ. އެ މަނިކުފާނު ރާވާފައިވާ ގޮތަށް ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ހީނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓާ މެދު ސުވާލު ނުއުފެދޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވޯޓުު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން،" ހީނާ ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ޖަލުގައި ބަންދުކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ކުށްވެރިކޮށް، އިދިކޮޅު ކޯލިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ސައްހަކަން ކަށަވަރުވާނީ ޔާމީން ބައިވެރިކޮށްގެން ބާއްވާ އިންތިހާބެއް ކަމަށެވެ.
އެހެންވެ، އެ މަނިކުފާނަށް ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.
ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ނުލިބޭނެ: ސައީދު
ޔާމީނަށް އޮތީ އުންމީދެއް، އެކަމަކު ވަގުތެއް ނެތް
"އިންތިހާބަށް ނުކުންނަނީ އަޅުވެތިކަމުން ސަލާމަތްކުރަން"
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވައިފި
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ފާސްކޮށްފި
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި