Roadha Mihaaru
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވައިފި

19 އޯގަސްޓް 2022

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިރޭ އަރުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިރޭ އަރުވައިފި އެވެ.

އެ މަނިކުފާނަށް އެ ޓިކެޓް ހަވާލުކުރަން "ހަވާލޭ ވަތަން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ބިޔަ ޖަލްސާގައި ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޔާމީނާ ޓިކެޓް ހަވާލުކޮށް ދެއްވީ ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، އަބްދުއްރަހީމާ ހަވާލު ކުރުމަށް ފަހު އެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ޖަލްސާގައި ހުރިހާ ރަށެއްގެ މަންދޫބުން ބައިވެރިވި އެވެ.

އަންނަ އަހަރުގެ ރިޔާސީ ޓިކެޓް ޔާމީނާ ރަސްމީކޮށް ހަވާލުކުރުމަށް ޕީޕީއެމް ކޯލިޝަނުން މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާގެ ބައިވެރިން: ވަރަށް ގިނަ ބަޔަކު މި ޖަލްސާ އަށް ދިޔަ.---ފޮޓޯ: ޕީޕީއެމް

ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން މިދިޔަ މަހު ނިންމީ ޕްރައިމަރީއަކާ ނުލަ އެވެ. އެގޮތަށް ނިންމީ އެ ދެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.

އެ ގޮތަށް ނިންމީ އިދިކޮޅު ކޯލިޝަނުން ބުނެފައިވާ ގޮތުގައި، ގައުމު މިހާރު އޮތް ހާލަތު ރައްކާތެރި އައްސޭރިއަކަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ޔާމީން ކަމަށް ވާތީ އެވެ.

ޔާމީނަށް ރިޔާސީ ޓިކެޓް ދިންއިރު އެ މަނިކުފާނުގެ މައްޗަށް ކުރާ ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެއިން އެއްވެސް ދައުވާއެއް ސާބިތުވިޔަސް، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެ އެވެ.