10 ޖެނުއަރީ 2023
ޕެރިސް (ޖެނުއަރީ 10) - ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.
ޕެރިސް (ޖެނުއަރީ 10) - ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު ލޮރިސް ވަނީ ފްރާންސްގެ ގައުމީ ޓީމަށް ރެކޯޑް 145 މެޗު ކުޅެދީފަ އެވެ. ހަމަ އެއާ އެކު ކެޕްޓަން ބޭންޑް އަޅައިގެން އޭނާ ވަނީ 121 މެޗު ކުޅެދީފަ އެވެ. މިއީ ވެސް ފްރާންސް ގައުމީ ޓީމުގައި ރެކޯޑެކެވެ.
މީގެ ހަތަރު އަހަރު ކުރިން ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރީ ލޮރިސްގެ ކެޕްޓަންކަމުގަ އެވެ. އަދި މިދިޔަ މަހު ނިމުނު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި ފްރާންސް ޓީމު ލީޑު ކުރީ ވެސް އޭނާ އެވެ.
"ޓީމަށްޓަކައި އަހަރެންނަށް ހުރިހާ ކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސާ އެކު، ބައިނަލްއަގުވާމީ ކެރިއަރު ނިންމާލަން އަހަރެން ނިންމައިފިން،" ފްރާންސްގެ ނޫހެއް ކަމަށްވާ ލެކީޕް އަށް ދިން އިންޓަވިއު އެއްގައި ލޮރިސް ބުނެފައި ވެއެވެ.
"މިއީ [ރިޓަޔާމަންޓް] އިއުލާން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އަހަރެން ދެކެން، ޔޫރޯ ކޮލިފައިން ފެށެން ވެސް ދެ މަހާއި ބައި، ބާކީ އެބަ އޮތް."
އުމުރުން 21 އަހަރުގައި، 2008 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ލޮރިސް ބުނީ އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމީ ވޯލްޑް ކަޕަށް ފަހު ކަމަށެވެ. އަދި ފްރާންސް ޓީމަކީ ވަކި ކުޅުންތެރިއަކަށް ނިސްބަތްވާ ޓީމެއް ނޫން ކަމަށާއި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
"އެ ފަރާތް ވެލަން ޖެހޭ ވަގުތެއް އަންނާނެ. އަހަރެން އަބަދުވެސް ބުނަން ފްރާންސް ޓީމަކީ އެންމެ ކުޅުންތެރިއަކަށް ނިސްބަތްވާ ޓީމެއް ނޫނޭ،" އިނގިރޭސި ކްލަބް ޓޮޓެންހަމްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ގޯލްކީޕަރު ބުންޏެވެ.
"[ބައިނަލްއަގުވާމީ ލެވެލް ގައި] ކުޅެން ތައްޔާރަށް ހުރި ގޯލްކީޕަރެއް [އޭސީ މިލާންގެ މައިކް މައިނަން] އެބަހުރި. ހަމަ އެއާ އެކު އަހަރެންގެ އާއިލާ އާއި ދަރިންނަށް ވެސް އިތުރު ވަގުތު ދޭން ބޭނުންވޭ."
ލޮރިސް ބުނީ ފްރާންސްގެ ކީޕަރުގެ މަގާމުގައި 14 އަހަރާ ބައި ހޭދަކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެއީ ނަފްސާނީ ގޮތުން ވެސް ވަރުބަލި ކޮށްލާ ވަރުގެ ކަމެއް ކަމަށެވެ. އެހެންވެ ދެން ބޭނުންވަނީ އަމިއްލަ ވަގުތުކޮޅެއް ހުސްކޮށްލައި، އަދި އިތުރު ދެތިން އަހަރު ކްލަބް ލެވެލްގައި ކުޅެލަން ކަމަށް އޭނާ ބުންޏެވެ.
ލޮރިސް ރިޓަޔާ ކުރުމާ ގުޅިގެން، ފްރާންސް ޓީމާ އެކު މި ހަފްތާ ކޮންޓްރެކްޓް އާކުރި ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ، އޭނާ ކުޅެމުން އަންނަނީ އަދިވެސް އެންމެ މަތީ ލެވެލް ގައި ކަމަށް ނިމިދިޔަ ވޯލްޑް ކަޕުން ވެސް ހާމަވާ ކަމަށާއި، ނަމަވެސް ކުޅުންތެރިޔާގެ ނިންމުމަށް އިހުތިތާމް ކުރާ ކަމަށެވެ.
ފްރާންސްގެ ބަދަލު ކީޕަރު މައިނަން އަކީ މިދިޔަ ސީޒަނުގައި އިޓަލީގެ އެންމެ މޮޅު ކީޕަރެވެ. އަދި އޭނާ ބެލޮންޑިއޯ އަށް ވެސް ޝޯޓްލިސްޓްވި އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިިދިޔަ ވޯލްޑް ކަޕުގައި ކުޅެވޭ ގޮތެއް ނުވި އެވެ.
ރިޓަޔާމަންޓް އިވެންޓަށް ބެންޒެމާ ނުދާނެ
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އާޖެންޓީނާ ޓީމު ގޮވައިގެން ފްރާންސް ކޯޓަށް
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޔޫރޯގައި ވަރުބަލިކަމުގެ އިހްސާސް ކުރެވޭ: އެމްބާޕޭ
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން