09 ޖެނުއަރީ 2023
އިޒްރޭލުގެ އާންމު ތަންތަނުގައި ފަލަސްތީނުގެ ގައުމީ ދިދައެއް ހުރި ނަމަ، އެ ހުރިހާ ދިދަތަކެއް އިއްޔެ އިން ފެށިގެން ނެގުމަށް، އިޒްރޭލުގެ ހަރުކަށި، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އެ ގައުމުގެ ފުލުހުންނަށް އިއްޔެ އަންގައިފި އެވެ.
އިޒްރޭލުގެ އާންމު ތަންތަނުގައި ފަލަސްތީނުގެ ގައުމީ ދިދައެއް ހުރި ނަމަ، އެ ހުރިހާ ދިދަތަކެއް އިއްޔެ އިން ފެށިގެން ނެގުމަށް، އިޒްރޭލުގެ ހަރުކަށި، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އެ ގައުމުގެ ފުލުހުންނަށް އިއްޔެ އަންގައިފި އެވެ.
ދުރު-ކަނާތު ފިޔައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އީތަމާރު ބިން ގިވީރް އިއްޔެ އެ ގައުމުގެ ފުލުހުންނަށް ފޮނުއްވި ދެންނެވުމެއްގައި އަންގަވާފައިވަނީ އާންމު ތަންތަނުގައި ފަލަސްތީނުގެ ދިދަ ފެންނަ ގޮތަށް ބަހައްޓައިގެން ނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެ ދިދައިގެ މެދުގައި އިންނަ ފަލަސްތީނުގެ ގައުމީ ނިޝާނަކީ ޓެރަރިޒަމްގެ ހަރަކާތްތައް ދޭހަކޮށްދޭ ރަމްޒެއް ކަމަށެވެ.
އިޒްރޭލުގެ ގާނޫނު ބުނާ ގޮތުން އާންމު ތަންތަނުގައި ފަލަސްތީނުގެ ދިދަ ގެންގުޅުމަކީ މަނާކަމެއް ނޫނެވެ. އެހެން ނަމަވެސް، އެ ތަނެއްގައި ފަލަސްތީނުގެ ދިދަ ހުރުމުގެ ސަބަބުން މުޖްތަމައުގެ އާންމު ނިޒާމަށް ބުރާ އަރާފާނެ ކަމަށް ފުލުހުންނަށް ނުވަތަ ސިފައިންނަށް ފެނިއްޖެ ހިނދެއްގައި، އެތަނެއްގައި ހުރި ފަލަސްތީނުގެ ދިދަތައް ނެގުމުގެ ބާރު ސިފައިންނާއި ފުލުހުންނަށް އޮވެ އެވެ.
އެންމެ ކުރިން ފެށިގެން ވެސް ފަލަސްތީނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ އީތަމާރަށް، އިޒްރޭލުގެ ސަރުކާރުން ޖާގައެއް ލިބުމާއެކު އޭނާ ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތައް ތަންފީޒު ކުރައްވަން ފައްޓަވައިފަ އެވެ. އީތަމާރަކީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ފާޅުގައި ދެކޮޅު ހަދާ، ހަރުކަށި ޔަހޫދީ ޕާޓީއެއްގެ އިސް ލީޑަރެކެވެ.
މީގެ ކުރިން ވެސް ފަލަސްތީނުގެ ދިދަތައް އިޒްރޭލުގެ އާންމު ތަންތަނުގައި ހުރުމަކީ އާންމު ކަމެކެވެ. ނަމަވެސް، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ފަލަސްތީނުގެ ދިދަ ބޭނުންކުރާ ނަމަ، އިޒްރޭލުގެ ސިފައިންނާއި ފުލުހުން އެ ދިދަތައް އަތުލުމަކީ އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލެކެވެ. އިޒްރޭލުގެ އާންމު ތަންތަނުން ފަލަސްތީނުގެ ދިދަތައް ނެގުމަށް ނިންމި މިއީ ފުރަތަމަ ފަހަރެވެ.
ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ ނިންމުން މި އައީ، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިޒްރޭލުގެ ބައެއް އާންމުން މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާކުރި ފަހުންނެވެ. އެ ދުވަހުގެ މުޒާހަރާގައި ބައިވެރިވި އިޒްރޭލުގެ ބައެއް މީހުން ވަނީ ފަލަސްތީނުގެ ދިދަތައް ބޭނުންކޮށްފަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލުގެ ވެރިރަށުގައި ބޮޑު ހަމަނުޖެހުމެއް
އިޒްރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުމުން މައްސަލަ ގޯސް
ދެ ފަރާތުން ޒިންމާދާރުވުމަށް އދ. އިން ގޮވާލަައިފި
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި
އިޒްރޭލުގެ ދިފާއީވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ
ފަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާގައި ބައި މިލިއަން
ފަލަސްތީނު އަސީރުން މެރުމުގެ ގާނޫނެއް ފާސްކުރަނީ
ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް