08 ޖެނުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ އަށް ވަގުތު ދެއްވުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުންކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ އަށް ވަގުތު ދެއްވުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުންކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 އިގަ އެވެ.
ގައިސް "މިހާރު" އަށް މިއަދު ވިދާޅުވީ، ބްރޯޑްކޮމްގެ މެމްބަރުކަމުގައި ތިން އަހަރު ހޭދަކުރެއްވުމަށް ފަހު، އިސްތިއުފާ ދެއްވީ ސިޔާސީ މަސައްކަތްތަކަށް އަލުން ވަގުތު ދެއްވަން ބޭނުންވާތީ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕްރައިމަރީގައި ކެމްޕެއިން ކުރުމަށް އަޅުގަނޑު ނިންމި ނިންމުމެއް އެއީ. މައިގަނޑު ބޭނުމަކީ އަނެއްކާވެސް ސިޔާސީ ކަންކަމަށް ނުކުތުން،" ގދ. އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ތިން އަހަރު ވަންދެން ފުރުއްވި އެމްޑީޕީގެ ކުރީގެ މެމްބަރު ގައިސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ގދ. ތިނަދޫގައި އިސްކޮށް ކުރިން އުޅުއްވި ގައިސްއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮ ވެސް މެ އެވެ. ގަސަމް ވެސް ހުންނެވީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
މަރިޔަމް ވަހީދާ އާއި އަނާގެ ނަން މަޖިލިހުގެ ތަޅުމަށް
ބްރޯޑްކޮމް އަށް ޝިފްލާއާ އެކު އެމްޑީޕީގެ އެކްޓިވިސްޓެއް
މުޒާހަރާ ލައިވް ކުރުމަށް ހުރަހެއް ނޭޅޭނެ
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
އެމްޑީޕީ ޕްރައިމަރީގެ މައްސަލާގެ ޝަރީއަތް ފަށަނީ
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފި
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ