ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައި މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.
04 ޖެނުއަރީ 2023
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައި މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.
މާލޭގައި އަލަމްގީރު ދިރިއުޅުނު ކޮޓަރީގައި އޭނާ ވަނީ ގިނަ ބަޔަކާ އެކު ހުޅުން ހިންގައި އެ މަންޒަރު ސިއްރުން ރެކޯޑުކޮށްފަ އެވެ. މި ވީޑިއޯތައް އެހެން ބައެއްގެ އަތަށް އަރައި، އޭގައި ހިމެނޭ ބައެއް މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި ކަމުގެ ތުހުމަތުކުރެ އެވެ.
ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ތުހުމަތުކޮށް ފުލުހުން ވަނަވަރު އާންމު ކުރީ ތިން މީހެއްގެ އެވެ.
- ހަމްދޫން އަބްދުﷲ، 37 (ބ. ދަރަވަންދޫ، އަކިރި)
- މުހައްމަދު މިހާދު މުސްތަފާ، 24 (ބ. ދަރަވަންދޫ، ހީމަ)
- މައުމޫން މޫސާ، 41 (ށ. ފުނަދޫ، ސީސްޓާ)
ފުލުހުން ބުނީ އެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ.
އެހެންވެ، މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާ ދީފައިވާތީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފުލުހުން ފާހަގަކުރި އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން ގެތެރެއިން ބ. ދަރަވަންދޫ، ހަމްދޫން އަބްދުﷲ އަކީ، ބްލެކްމެއިލް ކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މީހުންގެ ތެރެއިން ބްލެކްމެއިލްގެ ޝިކާރައަކަށްވި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ ވީޑިއޯ ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ބަޔަކު އޭނާ އަތުން ގިނަ އަދަދެއްގެ ޑޮލަރު ހޯދަން އުޅުނު ކަަމަށް ބުނެފައިވެ އެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާތަކާއި އޮރިޔާންކާޑު އުފެއްދުމުގެ ދައުވާތައް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ތިން އަހަރާއި ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
އަލަމްގީރާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި އެވެ.
"ޔުމްނު ވައްޓާލީއެއް ނޫން، ބެލެވެނީ ވެއްޓުނީ ކަމަށް"
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ރައުދު ދޫކޮށްލީ ހުކުމަށްވުރެ ބަންދު އިތުރުވެދާނެތީ
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ