Roadha Mihaaru
އަގްސޯގެ އިމާމުގެ ގެ އިސްރާއީލުން ރެއިޑްކޮށްފި

އަގްސޯ މިސްކިތުގެ އިމާމު ދިރިއުޅޭ ގެ އިސްރާއީލުން ރެއިޑްކޮށްފި

03 ޖެނުއަރީ 2023

ގުދުސް (ޖެނުއަރީ 3) - އަގްސޯ މިސްކިތުގެ އިމާމު ޝައިހް އިކްރީމާ ސަބީރީ ދިރިއުޅޭ ގެ، އިސްރާއީލްގެ އަސްކަރީ ޖާސޫސީ އިދާރާއިން ރެއިޑްކޮށްފި އެވެ.

ގުދުސް (ޖެނުއަރީ 3) - އަގްސޯ މިސްކިތުގެ އިމާމު ޝައިހް އިކްރީމާ ސަބީރީ ދިރިއުޅޭ ގެ، އިސްރާއީލްގެ އަސްކަރީ ޖާސޫސީ އިދާރާއިން ރެއިޑްކޮށްފި އެވެ.

އިރުމަތީ ގުދުސްގައި ހުންނަ ސަބީރީގެ ގެއަށް ޖާސޫސީ އިދާރާގެ އޮފިޝަލުން ވަދެފައިވާ ކަމަށް އޭނާގެ އާއިލާގެ މީހުން ވެސް ބުންޏެވެ. އެކަމަކު އެ ގެއިން އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ.

"އެއްވެސް ސަބަބެއް ހާމަނުކޮށް އޭނާ އާ ސުވާލު ވެސް ކުރި،" ސަބީރީގެ އާއިލީ މެންބަރަކު ނިއުސް އެޖެންސީތަކަށް ބުންޏެވެ.

އިސްރާއީލްގެ އިދާރާތަކުން މި ކަމާ ބެހޭގޮތުން ވާހާކަ ދައްކައިފައެއް ނުވެ އެވެ. ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާ އުދުވާންތަކާ ދެކޮޅަށް ފާޑު ކިޔާ ސަބީރީ، މީގެ ކުރިން އެކިފަހަރުމަތިން އިސްރާއީލްގެ ސިފައިން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ސަބީރީ ވަނީ ގުދުސް އާއި ފަލަސްތީނުގެ މުފްތީކަން ވެސް މީގެ ކުރިން ފުރައިފަ އެވެ. އެ މަގާމުގައި 1994 އިން 2006 އަށް އޭނާ ހުންނެވި އެވެ.

މުސްލިމުންގެ ތިން ވަނަ ހަރަމެއްގެ ގޮތުގައި ބަލައިފައިވާ އަގްސޯ މިސްކިތުގެ ސަރަހައްދުގެ ކޮންޓްރޯލް އިސްރާއީލުން ހޯދީ 1967 ގައި ކުރި އަރަބި އިސްރާއީލް ހަނގުރާމައިގެ ތެރޭގަ އެވެ. އަދި ގުދުސްގެ މުޅި ކޮންޓްރޯލް 1980 ގައި އިސްރާއީލުން ވަނީ ހޯދައިފަ އެވެ.