27 މެއި 2022
މަސްޖިދުލް އަގްސާ އާއި އެ ތަނުގެ ހަރަމް އެ ވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެ ތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށާއި އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުއީ އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. އެ ކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. އެ ދަލީލުތައް ބަޔާން ކުރުމަށް ސިލްސިލާއެއްގެ ގޮތުގައި ލިޔުމުގެ ގޮތުން މީގެ ކުރިން ތިން ލިޔުމެއްގައި ވާނީ 12 ދަލީލެއް ބަޔާންކޮށްދީފަ އެވެ. މި ލިޔުމުގައި އިތުރު އެހެން ތިން ދަލީލެއް ގެނެސްދޭނަމެވެ.
މަސްޖިދުލް އަގްސާ އާއި އެ ތަނުގެ ހަރަމް އެ ވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެ ތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށާއި އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުއީ އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. އެ ކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. އެ ދަލީލުތައް ބަޔާން ކުރުމަށް ސިލްސިލާއެއްގެ ގޮތުގައި ލިޔުމުގެ ގޮތުން މީގެ ކުރިން ތިން ލިޔުމެއްގައި ވާނީ 12 ދަލީލެއް ބަޔާންކޮށްދީފަ އެވެ. މި ލިޔުމުގައި އިތުރު އެހެން ތިން ދަލީލެއް ގެނެސްދޭނަމެވެ.
މަސްޖިދުލް އަގްސާ ހުރި ތަނުގައި އެ ބުނާ ފަދަ ހައިކަލެއް ހުރި ކަމަށް އެ ބައި މީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 13 ވަނަ ދަލީލަކީ، ތާރީހު އިލްމުވެރިންނާއި ދީނީ އިލްމުވެރިން އެ ވާހަކަ ދޮގު ކުރެއްވުމެވެ. "ހަޟާރަތުލް އަރަބް" ގައި ގޮސްޓާފް ލޮބޯން ވިދާޅުވެފައި ވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަ އަކީ ތާރީހީ ގޮތުން ބަލާއިރު ބޮޑު ދޮގެއް ކަމަށެވެ. ހަމަ އެފަދައިން 1969 ގައި ޔަހޫދީން އަގްސާ މިސްކިތް އަންދާލުމުގެ ހާދިސާއާ ގުޅުވައިގެން، ކޮޕްޓިކް ކެތޮލިކް ޕެޓްރިއާކް ކާޑިނަލް ސްޓެފާނޯސް 1 ވިދާޅުވެފައި ވަނީ "އިޒްރޭލުން އަގްސާ މިސްކިތް އަންދާލުން އެއީ މުގައްދަސް ހުރިހާ ފޮތްތަކާއި ހުރިހާ ނުބުއްވަތުތަކަށް ޖެހި ގޮންޖެހުމެއް" ކަމަށެވެ.
އަދި ޔޫލިޔާނޮސްގެ ވެރިކަމުގެ ދުވަސްވަރު ޔަހޫދީން ސުލައިމާނުގެފާނުގެ ހައިކަލު އަލުން އިއާދަކުރަން ކުރި މަސައްކަތްތައް ބިންހެލުމާއި އަލިފާނުގެ ހާދިސާތަކުން ހަރާބު ވެގެންދިޔަ ގޮތް ތާރީހަށް ރުޖޫއަވެ، ދިރާސާކޮށް، އެ އިން އިބުރަތް ހޯދަން ޖެހޭ ކަމަށެވެ.(އަލްއަހްރާމް ނޫސް)
ވީމާ ތާރީހީ ލިޔުންތެރިންނާއި ދީނީ އިލްމުވެރިންގެ މިފަދަ ބަސްތަކުގެ އިތުރުން، ހިނގާފައިވާ ހާދިސާތަކުން ލިބޭ އިބުރަތްތަކުން ވެސް ހާމަވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމެވެ. އަދި އެކަން އެގޮތަށް ވާން ﷲ އެ މީހުންނަށް މިންވަރު ނުކުރައްވާ ކަމެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ﷲ އެ ގޮތަށް މިންވަރު ނުކުރައްވާށި އެވެ!
ހައިކަލެއް ހުރި ކަމަށް ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 14 ވަނަ ދަލީލަކީ، ޔޫރަޕުން ހިޖުރަކުރި ގިނަ ޔަހޫދީންނަކީ ނަސަބުގެ ގޮތުން ފަލަސްތީނުގެ ޔަހޫދީންނާ ގުޅުން އޮތް ބައެއް ނޫން ކަމަށް ވުމުން އެ ތަނުގައި ހައިކަލެއް ހުރި ކަމަށް ވިއަސް އެ ޔަހޫދީންނަށް އެ ތަން ހައްގުވާނެ ޒައްރެއްގެ މިންވަރު ވެސް ނެތުމެވެ. އެ ޔަހޫދީންގެ ހަގީގަތަކީ ކޮބައިތޯ ބަލައިލަން ތާރީހަށް ޖެހިލަމާތޯ އެވެ.
ޔަހޫދީންނަށް މިލްކުވާ ކޮންމެވެސް ތަނަކަށް، ޔޫރަޕުގައި އުޅޭ ޔަހޫދީން ހިޖުރަކޮށް، އަމިއްލަ ވަތަނެއް އުފައްދަން ޖެހޭ ކަމަށް ރަޝިއާގެ ޔަހޫދީ ޑޮކްޓަރު ލިއޯބެންސްކަރ މީލާދީން 1881 ގައި ހުށަހެޅި އެވެ. އެ ފިކުރު ވަޅުޖެހިޔަ ނުދީ ދެމެހެއްޓުމަށްޓަކައި އެ އަށް ތާއީދުކޮށް، ޒަޔޮނިސްޓު ހަރަކާތުގެ ބާނީ ތިއޮޑޯ ހާޓްޒަލް ހުށަހެޅީ ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖުރަ ކުރުމަށެވެ. އެއީ ޔަހޫދީންގެ އަސްލު ވަތަނަކީ އެއީ ކަމަށް ބުނެ އެވެ.
އިނގިރޭސީންގެ ތާއީދު އެ ކަމަށް ލިބުމާއެކު، ކާމިޔާބު ވިޔަސް ހަގީގަތުގައި އޭގައި ވަރަށް ބޮޑެތި އޮޅުވައިލުންތައް އެބަހުއްޓެވެ. ސަބަބަކީ ފަލަސްތީނުގައި އުޅުނު ޔަހޫދީންނާއި ޔޫރަޕުން ފަލަސްތީނަށް ހިޖުރަ ކުރި ޔަހޫދީންނާ، ދީނީ ގޮތުން އެއްގޮތްވުން ފިޔަވައި އެހެން އެއްވެސް ގޮތަކުން ގުޅުމެއް ނެތެވެ. އެ މީހުންނަކީ ނަސަބުގެ ގޮތުން ސާމީ ދަރިކޮޅަށް ނިސްބަތްވާ ބައެއް ނޫނެވެ. ވީމާ ފަލަސްތީނުގައި ދިރިއުޅެމުން ގެންދިޔަ، އަދި ނަސަބުގެ ގޮތުން ޔައުގޫބުގެފާނާ ގުޅުން އޮތް، ޔަހޫދީންނަށް ފަލަސްތީނުގެ ބިމުން ހައްގު ކަމަށް ބެލިޔަސް ޔޫރަޕުން ހިޖުރަކުރި ޔަހޫދީންނަށް ފަލަސްތީނަށް އަރައި އެ ތަނުގެ ބިންތައް ފޭރިގަތުމުގެ ހައްގެއް ނޯންނާނެ އެވެ. ސަބަބަކީ ޔޫރަޕުން ފަލަސްތީނަށް އަރައި ތިބި ޔަހޫދީންނަކީ ތާރީހީ ގޮތުން ބަލާއިރު ޔަހޫދީ ވި ތަފާތު އެކި ނަސްލުތަކުގެ މީހުންނެވެ. އޭގެ ތެރެއިން އެއްބަޔަކީ، ކެތޮލިކް ރަސްކަލެއް ކަމުގައިވާ ފެރްޑިނާންޑް، ސްޕެއިން އިން ބޭރުކޮށްލި އެ ރަށުގެ މީހުންގެ ތެރެއިން ޔަހޫދީ ވި ބައެކެވެ.
ވީމާ ތާރީހީ ލިޔުންތެރިންނާއި ދީނީ އިލްމުވެރިންގެ މިފަދަ ބަސްތަކުގެ އިތުރުން، ހިނގާފައިވާ ހާދިސާތަކުން ލިބޭ އިބުރަތްތަކުން ވެސް ހާމަވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމެވެ. އަދި އެކަން އެގޮތަށް ވާން ﷲ އެ މީހުންނަށް މިންވަރު ނުކުރައްވާ ކަމެވެ.
އެ މީހުން ފަލަސްތީނަށް ދިއުމުގެ ކުރިން އިޓަލީ އާއި ފްރާންސާއި މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ އެވެ. އަނެއް ބަޔަކީ، ރަޝިއާގެ ދެކުނު ރަށެއް ކަމަށްވާ ހަޒަރުގައި މީލާދީން ހަތްވަނަ ގަރުނާއި އަށްވަނަ ގަރުނުގައި ޔަހޫދީ ވި ދަރިފަސްކޮޅުން ނަސްލު ދެމިގެން ދިޔަ މީހުންގެ ތެރެއިން އެޝްކިނާޒްގައި ވަޒަންވެރިވެ އުޅުނު އިރުމަތީ ޔޫރަޕުގެ ޔަހޫދީންތަކެވެ. މީގެ އިތުރުން ޒަޔޮނިސްޓު ހަރަކާތަށް ތަބާވާ ޔަހޫދީންގެ ބޮޑު އައުލަބިއްޔަތަކީ ވެސް ފަހުން ޔަހޫދީ ވި އަސްލު ޔޫރަޕު މީހުންނެވެ.
ވީ އިރު އެއްވެސް ހައްގަކާ ނުލައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތައް ސުންނާފަތިކޮށް، އެ މީހުންގެ ބިންތައް އަތުލައި އެ މީހުން ރަށުން ބޭރުކޮށްލާފައި، އެ ބައި މީހުން އެ ތަނުގައި ވަޒަންވެރިވުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލު ކުރަނީ ކޮން ބުއްދިއެއް ނުވަތަ ދީނެއް ނުވަތަ ގާނޫނެއް ނުވަތަ އުރުފެއް ހެއްޔެވެ؟
ޔަހޫދީންގެ ވަތަނެއް ފަލަސްތީނުގައި ހަދަންޖެހޭ ކަމަށް ބުނެ ޔޫރަޕުގެ ޔަހޫދީން ފައްސާލުމުގެ ފިކުރު ދިން މީހުންނާއި އެ ކަން ތަންފީޒު ކުރުމަށް ބާރު އެޅި މީހުންނާއި ތަންފީޒުކުރި މީހުން ޔޫރަޕުގެ ޔަހޫދީންނަށް އެހާ އޯގާތެރި ކަމަށް ވާ ނަމަ ޖާގަ އާއި ތަނަވަސްކަމާއި ފުދުންތެރިކަން ލިބިފައިވާ އެ ބައި މީހުންގެ ބިމުން ނުވަތަ އެމެރިކާގެ އެ އޮތް ބޮޑު ބިމުން ނަމަވެސް ތަންކޮޅެއް ނުދީ، އެ އުޅެނީ ކީއްވެގެންތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެ ގޮތަށް އެ މީހުންގެ ބިމުން ތަންކޮޅެއް ދީ، ޔަހޫދީންގެ ވަތަނެއް ގާއިމުކުރި ނަމަ މިހާރު އެ ގައުމުތަކުން އިޒްރޭލަށް އެ ކުރާ ބޮޑެތި ހަރަދުތައް ކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ އަދި ޔަހޫދީން ވެސް އަބަދު ހަނގުރާމަ އާއި ދެބަސްވުންތަކުގައި ދުވަސްތައް ވެއަތު ކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟
މަސްޖިދުލްއަގްސާ ހުރި ތަނުގައި އެ ބުނާ ފަދަ ހައިކަލެއް ހުރި ކަމަށް އެ ބައި މީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 15 ވަނަ ދަލީލަކީ، ބައިތުލްމަގްދިސް އާއި އެ ތަނުގެ ވަށައިގެންވާ ބިންތަކަކީ މުސްލިމުންގެ އައުގާފުގެ ތެރޭގައި ހިމެނޭ ބިންތަކެއް ކަމަށް ވުމެވެ. ތާރީހީ ގޮތުން ބަލާއިރު، ކީރިތި ރަސޫލާ ﷺ ވަނީ ސަހާބީއެއް ކަމުގައިވާ ތަމީމް ބުނު އައުސް އައްދާރީ އަށް، ހަލީލު ސަހަރުން ބިމެއް ވަގުފު ކުރައްވައިފަ އެވެ.
"ތަމީމީ ވަގުފު" ގެ ނަމުން އަދި އަދަށް ދާންދެން ވެސް އެ ވަގުފު މަޝްހޫރު ވެފައި ވެ އެވެ. ހަމަ އެފަދައިން ހަލީފާ އުމަރުބުނުލް ހައްތާބު ވަނީ ސަހާބީއެއް ކަމަށްވާ އިޔާޒް ބުނު އަނަމް އަށް އަބީއުނައިމު ފަރުބަދަ ސަރަހައްދުން ބިމެއް ވަގުފު ކުރައްވައިފަ އެވެ. އަބީއުނައިމު ފަރުބަދަ އަށް އެ ނަން ދީފައި ވަނީ ވެސް އެ ސަހާބީ އަށް ނިސްބަތް ކޮށެވެ.
ވީ އިރު އެއްވެސް ހައްގަކާ ނުލައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތައް ސުންނާފަތިކޮށް، އެ މީހުންގެ ބިންތައް އަތުލައި އެ މީހުން ރަށުން ބޭރުކޮށްލާފައި، އެ ބައި މީހުން އެ ތަނުގައި ވަޒަންވެރިވުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލު ކުރަނީ ކޮން ބުއްދިއެއް ނުވަތަ ދީނެއް ނުވަތަ ގާނޫނެއް ނުވަތަ އުރުފެއް ހެއްޔެވެ؟
ވަގުފަކީ ގަނެވިއްކުމާއި ހަދިޔާކުރުން މަނާވެގެންވާ މުދަލެކެވެ. އެ ކަން އެހެން އޮތް އިރު ވެސް އަބީއުނައިމު ފަރުބަދަ ސަރަހައްދުން ބިންތައް ފޭރިގަނެ، ޔަހޫދީން ވަނީ އެ ތަނުގައި އެ މީހުންގެ އާބާދީއެއް ބިނާކޮށްފަ އެވެ. އެ ކަމަށް ހިލޭ އެހީއެއްގެ ގޮތުގައި ޒިމްސްކޮވިޗް ކިޔާ ޔަހޫދީއަކު 600 މިލިއަން ޑޮލަރު ހަދިޔާކުރި އެވެ. އެ ކަމާ ގުޅިގެން 1970 ވަނަ އަހަރުގައި ބޭއްވި އިސްލާމިކް ރިސާޗް އެކަޑެމީގެ ފަސްވަނަ މަހާސިންތާގައި މުސްލިމް އިލްމުވެރިން ވަނީ އެ ކަން ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރައްވައިފަ އެވެ.
އެ މަހާސިންތާގެ ވަސިއްޔަތްތަކުގެ ތެރެއިން އެއް ވަސިއްޔަތުގައި ބުނަނީ ބައިތުލްމަގްދިސް އާއި އެ ތަނުގެ ވަށައިގެންވާ ބިންތަކަކީ މުސްލިމުންގެ އައުގާފުގެ ތެރޭގައި ހިމެނޭ ބިންތަކެއް ކަމަށެވެ. އެހެންވެ، އެ ތަނުން އެންމެ އަކަ ކައިވަތެއް ވެސް ފޭރިގެންފި ނަމަ އެ ބިންކޮޅު މިނިވަން ކުރުމަށްޓަކައި ޖިހާދު ކުރުމަކީ މުސްލިމުންނަށް ވާޖިބު ކަމެކެވެ. އެ ބިންތަކުގައި ސުލައިމާނުގެފާނުގެ ހައިކަލެއް ހުރި ނަމަވެސް އެ ތަން މިލްކު ވާނީ މުސްލިމުންނަށެވެ. (ނުނިމޭ)
އަގްސާމިސްކިތާއި ހައިކަލާ ގުޅުވައިގެން ފަތުރާ ދޮގުވާހަކަ
ވައުދުވެވިގެންވާ ބިމުގެ ހައްގުވެރިންނަކީ ކޮބާ؟
އަގްސާ މިސްކިތް ބައިކޮށްލުމަށް އިޒްރޭލުން ގާނޫނު ހަދަނީ
އަގްސާ މިސްކިތުގައި ބަޑިޖަހައި ހަމަނުޖެހުން ހިންގައިފި
އަގްސޯގެ އިމާމުގެ ގެ އިސްރާއީލުން ރެއިޑްކޮށްފި
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި
ޔަހޫދީންނަށް އަގްސާގައި އަޅުކަންކުރެވޭނެ: އިޒްރޭލް ކޯޓު