18 ޖޫން 2022
އަގްސާ މިސްކިތާއި އެ ތަނުގެ ހަރަމް އެވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އޭގެ މަތީގައި ބިނާކުރެވިފައި ކަމަށާއި އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުއީ ގޮތުން ބެލިޔަސް އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. އެ ކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. އެ ދަލީލުތައް ބަޔާން ކުރުމަށް ސިލްސިލާއެއްގެ ގޮތުގައި ލިޔުމުގެ ގޮތުން މީގެ ކުރިން ހަތަރު ލިޔުމެއްގައި ވާނީ 15 ދަލީލެއް ބަޔާންކޮށްދީފަ އެވެ.
އަގްސާ މިސްކިތާއި އެ ތަނުގެ ހަރަމް އެވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އޭގެ މަތީގައި ބިނާކުރެވިފައި ކަމަށާއި އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުއީ ގޮތުން ބެލިޔަސް އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. އެ ކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. އެ ދަލީލުތައް ބަޔާން ކުރުމަށް ސިލްސިލާއެއްގެ ގޮތުގައި ލިޔުމުގެ ގޮތުން މީގެ ކުރިން ހަތަރު ލިޔުމެއްގައި ވާނީ 15 ދަލީލެއް ބަޔާންކޮށްދީފަ އެވެ.
މި ލިޔުމަކީ މި ސިލްސިލާގެ އެންމެ ފަހު ލިޔުމެވެ. އެހެންކަމުން އެންމެ ފަހު ތިން ދަލީލު މި ލިޔުމުގައި ގެނެސްދޭނަމެވެ.
އދ. ގެ ސަލާމަތީ މަޖިލިހުގެ 672 ވަނަ ގަރާރު (އޮކްޓޯބަރު 1990) ގައި އިޒްރޭލުން އަގްސާ މިސްކިތުގެ ސަރަހައްދުގައި ފަލަސްތީނުގެ މީހުންނާ އިދިކޮޅަށް ހިންގި އުދުވާނީ އަމަލުތައް ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި ގަދަކަމުން އެ ބިންތަކަށް އަރައި ތިބި ބައެއްގެ ހައިސިއްޔަތުން އިޒްރޭލަށް އެ ގަރާރުގައި އަމުރުކޮށްފައި ވަނީ އެ މީހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށެވެ. ނަމަވެސް އިޒުރޭލުން އެ ގަރާރު ތަންފީޒު ކުރަން އިދިކޮޅު ހެދުމުން ދެވަނަ ގަރާރެއް (673) ނެރެ އޭގައި އިތުރަށް ކަށަވަރުކޮށް ގޮވައިލީ ކުރީގެ ގަރާރަށް އިޒްރޭލުން ބޯލަނބަން ޖެހޭނެ ކަމަށެވެ. އެފަދަ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލިސް އިން ނެރުމުން ދޭހަކޮށްދެނީ އަގްސާ މިސްކިތާއި އެ ތަނުގެ ވަށައިގެންވާ މުގައްދަސް ބިންތަކުގައި ޔަހޫދީންނަށް ހައްގެއް ނެތް ކަމަށް އެފަދަ ޖަމިއްޔާތަކުން ވެސް ގަބޫލުކުރާ ކަމެވެ.
ތައުރާތާއި އިންޖީލަށް އޭގެ އަހުލުވެރިން ބަދަލު ގެނެސް ތަހުރީފު ކުރެވި، މާ ފަހުން އޭގެ ފޮތްތައް ލިޔެވިފައިވީ އިރު ވެސް އޭގައިވާ މައުލޫމާތަށް ނަޒަރު ހިންގައިލުމުން ވެސް އެނގެނީ މަދީނަތުލް ގުދުސް އަކީ ޔަހޫދީންގެ ބިމެއް ނޫން ކަމެވެ. މީލާދީގެ 30 ގަރުނު ކުރިން އެ ރަށް ބިނާކުރި މީހުންނަކީ ގަދީމީ އަރަބިންގެ ތެރެއިން އައި ޔަބޫސީން ކަމެވެ. ޖެރެމިއާ 24:25 ގައި "އަދި އާބާދު ނުވެ އޮއްވައި އަރަބިންގެ ރަސްރަސްކަލުންނާއި އެކި ތަންތަނުން އައިސް މަސްހުނިވެފައިވާ ރަސްރަސްކަލުން އާބާދު ކުރި ބިން" އެ އިޝާރާތް ކުރަނީ ގުދުސްގެ ބިމަށެވެ.
އިޒެކީލް 21:27 ގައި "އަރަބިންނާއި ގީދާރުގެ ހުރިހާ ރައީސުންނަކީ ... މި ތަނުގައި ތިޔަބައި މީހުންގެ ވިޔަފާރިވެރިން ކަމުގައި ވި އެވެ" އެ ބުނަނީ ގުދުސްގެ ބިމުގެ ވާހަކަ އެވެ. ފަސްޓް ކްރޮނިކަލް 4:11 ގައި ވަނީ، "އަދި ދާއޫދުގެފާނާއި ބަނީ އިސްރާއީލުން (ޔައުގޫބުގެފާނުގެ ދަރިފަސްކޮޅު) އެކީ ޖޭރޫސަލަމް (ގުދުސް ނުވަތަ ކުރީގެ ޔަބޫސް) އަށް ދިޔަ އެވެ. އެ ތަނުގައި އެ ބިމުގެ ރަށްވެހިން ކަމުގައިވާ ޔަބޫސީން ވި އެވެ."
ސެކަންޑް ކްރޮނިކަލް 14:9 ގައި ވަނީ "އަދި އަރަބިންގެ ހުރިހާ ރަސްރަސްކަލުންނާއި އެ ބިމުގެ އަހުލުވެރިން، ސުލައިމާނުގެފާނުގެ އަރިހަށް ރަނާއި ރިހި ގެންނަ ކަމުގައި ވި އެވެ." ޖޮޝުއާ 63:15 ގައި ވަނީ "ދަންނައެ، ޖޭރޫސަލަމްގެ ރަށްވެހިން ކަމުގައިވި ޔަބޫސީން އެ ރަށުން ފައްސާލަން ޔަހޫޒާ ދަރިކޮޅަށް ކުޅަދާނަވެގެން ނުވި އެވެ. ފަހެ، ޔަބޫސީން މިއަދާ ހަމައަށް ވެސް ޖޭރޫސަލަމް ގައި އުޅެމުން އައީ ޔަހޫޒާ ވަންހައާ އެކުގަ އެވެ."
ޖަޖަސް 19: 11 އަދި 12 ގައި ވަނީ "އަދި އެ މީހުން ޔަބޫސްގެ ކައިރީގައި ވީ ހިނދު ހަވީރުވެ، އިރުއޮއްސެން ވަރަށް ކައިރިވުމުން ގުލާމަކު އޭނާގެ ސާހިބާ އަށް ބުންޏެވެ. މި ޔަބޫސީންގެ ރަށަށް ވަދެ މިރޭ އެ ތަނުގައި ނިދަން ދަމާ ހިނގާށެވެ. ދެން ފަހެ، އެ ސާހިބާ އެ ގުލާމަށް ބުންޏެވެ. ބަނީ އިސްރާއީލުންގެ ތެރެއިން އެކަކުވެސް ނެތް މި ބީރައްޓެހި ރަށަކަށް ނާރާނަމެވެ." ސަމުއެލް 24: 21-24 އަށް ވަނީ "އަދި ދާއޫދުގެފާނު ރައްބަށްޓަކައި (ﷲ އަށްޓަކައި) ގުދުސް ގައި ހައިކަލެއް ބިނާކޮށްދޭން ބޭނުންވި ހިނދު އަރޫނާ ކިޔާ ޔަބޫސީއެއްގެ ގޮވާން ޖަމާކޮށް، ކަނޑާ ބިމެއް ބައްލަވައިގަތެވެ."
މި ހުރިހާ ނައްސުތަކުން ވެސް ކަށަވަރު ވަނީ ގުދުސް (ކުރީގެ ޔަބޫސް) އަކީ އަރަބިންގެ ތެރެއިން އައި ޔަބޫސީންގެ މަދީނާއެއް ކަމެވެ. އެ މީހުން އެ ތަނުގައި އަރަބިންގެ ރަސްރަސްކަލުންގެ ވެރިކަމުގައި އެތައް ޒަމާންތަކެއް ވަންދެން އުޅުނެވެ.
ގުދުސްގެ ސަރަހައްދުގެ އާސާރީ ކޮނުންތަކުން ހާމަވެ، ކަށަވަރު ވެފައި ވަނީ ބްރޮންޒް އޭޖް ގައި (މީލާދީގެ ކުރިން 2600 އިން 1800 އަށް) މުޅި އެ ސަރަހައްދުގައި ޔަބޫސީން ދިރިއުޅެފައިވާ ކަމެވެ. ދޭތެރެދޭތެރެއިން ބަނީ އިސްރާއީލުން އެ ތަނުގައި އުޅުނަސް މޫސާގެފާނަށް ފަހުގަ އާއި ބާބިލީންގެ ހަނގުރާމަ އާއި ރޯމަނުންގެ ހަނގުރާމަ އަށް ފަހުގައި ﷲ ވަނީ އެ މީހުން އެކިއެކި އުންމަތްތަކަށް ވަކި ކުރައްވައި ބައިބައި ކުރައްވައިފަ އެވެ. (އަލްއައުރާފް 168). މިގޮތުން މުސްލިމުން ގުދުސް ފަތަހަ ކުރިއިރު، އެ ތަނުގައި ޔަހޫދީންނެއް ނެތެވެ. އަދި މަދުމަދުން ދޭތެރެދޭތެރެއިން ޔަހޫދީން އެ ތަނުގައި އުޅުނު ނަމަވެސް އެއީ މަޖުބޫރީ ހާލަތުތަކެއްގައި އުޅުނު އުޅުމެކެވެ. ބާރެއް އަދި ވެރިކަމެއް އޮވެގެން އުޅުނު އުޅުމެއް ނޫނެވެ.
އެހެންކަމުން އުމަރުގެފާނު ގުދުސް ފަތަހަ ކުރެއްވުމަށް ފަހު، އެ ތަނުގެ އަހުލުވެރިންނަށް ގުދުސްގެ ތަޅުދަނޑި ހަވާލު ކުރައްވަމުން އީލިޔާގެ އަހުލުވެރިންނަށް ޝަރުތު ކުރެއްވީ ޔަހޫދީން ގުދުސް އަށް ވަނަ ނުދިނުމަށާއި އެ ތަނުގައި ދިރިއުޅުނަ ނުދިނުމަށެވެ. އެ ކަމަށް ޖޭރޫސަލަމްގެ ޕެޓްރިއާކް އެއްބަސްވެ ވަޑައިގަތެވެ. އުމަރުގެފާނުގެ އެ ޝަރުތު ކުރެއްވުމަކީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ކުރެއްވެވި ޝަރުތެކެވެ. އެއީ ޔަހޫދީންނަށް ގުދުސްގައި އެއްވެސް ހައްގެއް ނެތުމުގެ އަސާސެވެ.
އެހެންކަމުން މުސްލިމުންނަށް ލާޒިމުވެގެން ވަނީ އުމަރުގެފާނުގެ އެ އަމަލުފުޅަށް އިހުތިރާމުކޮށް، ޔަހޫދީންނަށް ގުދުސް އަތުލުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ. ރުޝްދު ލިބިގެންވީ ހަލީފާއިންނަކީ މުސްލިމުން އެބޭކަލުންނަށް އިހުތިރާމުކޮށް، އެބޭކަލުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ ބައެކެވެ. އަދި މުސްލިމުންނަކީ އަދުއްވުންނާ ކުރިމަތިލުމަށާއި އެ މީހުންގެ ހިތްތަކަށް ބިރުވެރިކަން އިހުސާސް ކުރުވުމަށް ވެވުނުހާ ކުޅަދާނަކަމެއް ހޯދަންޖެހޭ ބައެކެވެ. (އަލްއަންފާލު 60).
އަގްސާ މިސްކިތާއި ހައިކަލާ ގުޅުވައިގެން ފަތުރާ ދޮގު!
ވައުދުވެވިގެންވާ ބިމުގެ ހައްގުވެރިންނަކީ ކޮބާ؟
އަގްސާ މިސްކިތް ބައިކޮށްލުމަށް އިޒްރޭލުން ގާނޫނު ހަދަނީ
އަގްސޯގެ އިމާމުގެ ގެ އިސްރާއީލުން ރެއިޑްކޮށްފި
އަގްސާ މިސްކިތުގައި ބަޑިޖަހައި ހަމަނުޖެހުން ހިންގައިފި
އަގްސާ: މުސްލިމުންނަށް މަނާ، ޔަހޫދީންނަށް ހުއްދަ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލަށް ދުނިޔޭގެ ތާއީދު ގެއްލެން ފަށައިފި: ބައިޑެން
"ސްކްރީމް 7"ގެ އެކްޓްރެސް މަސައްކަތުން ދުރުކޮށްފި