02 ޖެނުއަރީ 2023
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ނަމަ ޖޫރިމަނާކުރަން ނިންމައި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ފެށި ފަހުން ޕާޓީތަކުން ހުށަހަޅާ ފޯމުތައް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ނަމަ ޖޫރިމަނާކުރަން ނިންމައި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ފެށި ފަހުން ޕާޓީތަކުން ހުށަހަޅާ ފޯމުތައް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.
ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ ބޮޑުވުމުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމުތައް ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ގެންގުޅޭ އުސޫލު ވަނީ ހަރުކަށިކޮށްފަ އެވެ.
މިދިޔަ މަހުން ފެށިގެން އެ ކޮމިޝަނުން އަންނަނީ ޕާޓީއަށް ސޮއިކުރާ މީހާގެ ނަން އާއްމުކުރަމުންނެވެ. އަދި ފޯމު ހުށަހަޅާ މީހުންގެ ފޯނަށް މެސެޖެއް ވެސް ފޮނުވަ އެވެ. އޭގެ އިތުރުން ވަގު ފޯމު ހުށަހަޅާ ޕާޓީތައް 10،000ރ. އިން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފާސްކުރުމުގެ ކުރިން ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ކޮންމެ އަހަރެއްގެ ފަހު ކޮޅު ވެސް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްޙަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްެއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދެވޭ. @ElectionsMv pic.twitter.com/agZ1LjI6Zz
— Ismail Habeeb (@IsmailHabeeb) January 2, 2023
އެ ގޮތަށް، އެ ކޮމިޝަނަށް އެންމެ ގިނައިން ފޯމު ހުށަހަޅަނީ، ހަބީބު ވިދާޅުވި ގޮތުގައި، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގަ އެވެ. އެއީ، ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބެނީ ޕާޓީގައި 10،000 އަށްވުރެ މެމްބަރުން ގިނަވުމުންނެވެ.
ނަމަވެސް ހަބީބް ވިދާޅުވީ މިދިޔަ މަހުން ފެށިގެން ފޯމު ހަރުދަނާ ކުރުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ޕާޓީތަކުން ހުށަހެޅި ފޯމުގެ އަދަދު، އޭގެ ކުރީ އަހަރަށް ވުރެ މި ފަހަރު މަދުވެފައިވާ ކަމަށެވެ.
ޑިސެމްބަރު، 2021 ގައި އީސީއަށް ޕާޓީތަކުން 22،398 ފޯމު ހުށަހެޅި އެވެ. އެކަމަކު، މިދިޔަ މަހު ހުށަހެޅީ 1،013 ފޯމެވެ.
"ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މި ބަދަލުން އެނގުނު މި މައްސަލަތައް ކުޑަވާނެކަން." ހަބީބު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި އީސީގެ ވެބްސައިޓުގައި ފޯމުގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް ހަތް ދުވަސް ދެ އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ އެކަކަށްވުރެ ގިނަ މީހުންނަށް
10،000 މެމްބަރުން ހަމަވެ، ފައިސާ ލިބޭ ލިސްޓަށް ޕީއެންސީ
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު
ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ލާން ޕޯޓަލްއެއް
ވޯޓުލެވޭ އާބާދީގައި ގިނައީ ޕާޓީތަކުގައި އުޅޭ މީހުން
ގަވައިދާ ހިލާފަށް ކުރާ ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭ
ވައްކަން ނުބަލައި ޖޫރިމަނާ ބަލައެއް ނުގަނެވޭ: ޕީޕީއެމް
މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދެނީ
ޝަކުވާ ބޮޑުވެފައި ވަނިކޮށް އީސީ މެމްބަރެއްގެ ޓުވީޓެއް!
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި