02 ޖެނުއަރީ 2023
ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ އިމާރާތަށް ބަދަލުކުރާ ސަރުކާރު އޮފީސްތަކުގެ ސާމާނު ބަދަލުކުރުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ނިންމައި މި މަހު 15ގައި އެ އިމާރާތް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފީސް އިމާރާތް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ.
ހުޅުމާލޭގައި ހެދި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް: މި މަހު 15 ގައި އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން.
އެހެންވެ މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމީ ހުޅުމާލޭގައި އެތަން އިމާރާތްކުރާށެވެ. ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތްކުރުމަށް ހަވާލުކުރީ 2019 ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާ އެވެ.
މި މަހު އެތަން ބޭނުންކުރަން ފަށާއިރު ހަ ބުރީގެ އެ އިމާރާތުގައި ތިން މިނިސްޓްރީއެއް ހުންނާނެ އެވެ. އެއީ؛
• ގްރައުންޑް ފްލޯ - ޕާކިން
• ދެވަނަ ފްލޯ - ޖެންޑާ މިނިސްޓްރީ
• ތިންވަނަ ފްލޯ - ޓްރާންސްޕޯޓް މިނިސްޓްރީ
• ހަތަރުވަނަ ފްލޯ - އެމެރިކަން އެމްބަސީ
• ފަސްވަނަ ފްލޯ - ހަޔަ އެޑިއުކޭޝަން
• ހަވަނަ ފްލޯ - ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސް
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަ ފޫޓެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ބޮޑުވީ ހުރަވީ ބިލްޑިން ބޭނުން ނުކުރެވި، އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދިނުމުން އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުން ކަމަށެވެ.
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވައިފި
ޖެންޑާ މިނިސްޓްރީ ހުޅުމާލެ އަށް ބަދަލުކޮށްފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
1700 ހައުސިން ޔުނިޓަށް ޗައިނާ ބޭންކުން ލޯނެއްނުދިން
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ފްލެޓުތަކަށް ކުރިމަތިލާން ހުޅުވުން ފަސްކޮށްފި
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދޭކަށް ނުޖެހޭ: އީވާ
ވެށިފަހީގެ ލިޔުންތައް ހުށަހަޅަން އިތުރު މުއްދަތެއް