01 ޖެނުއަރީ 2023
އެ ހާދިސާގެ މަތިން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެކަމަކު، ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އަށް ދޮޅު މަސް ދުވަސްވީ އިރު، އެ ހާދިސާގެ މަތިން އެއްވެސް މީހަކު މީހަކު ހަނދާން ހުރިހެނެއް ހިޔެއް ނުވެ އެވެ.
އެ ހާދިސާގެ މަތިން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެކަމަކު، ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އަށް ދޮޅު މަސް ދުވަސްވީ އިރު، އެ ހާދިސާގެ މަތިން އެއްވެސް މީހަކު މީހަކު ހަނދާން ހުރިހެނެއް ހިޔެއް ނުވެ އެވެ.
މ. ނިރުފެހިގޭގައި، ނޮވެމްބަރު 13 ވަނަ ދުވަހުގެ ދަންވަރު ހިނގައިދިޔައީ އަލިފާނުގެ އާދައިގެ ހާދިސާއެއް ނޫނެވެ. އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ އެ ހާދިސާގަ އެވެ. އެއީ 10 އެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.
އަދި، އެއީ މުޅި މިދިޔަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ.
އެކަމަކު، 10 މީހަކު މަރުވުމުގެ ކަންބޮޑުވުން ފިޔަވައި، އެކަމާ ގުޅިފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުމެއް ހުރި ތަނެއް ނުފެނެ އެވެ. އެ ހާދިސާ ހިނގުމާ އެކު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލޭޓް ކުރުމުގައި ފަރުވާ ކުޑަވެފައިވާ ވަރާއި، އެ މީހުން އުޅޭ ތަންތަން އޮތް ހާލަތެވެ. އޭގެ އިތުރުން، އަލިފާން ހިފި ކަމަށް ބުނާ ގަރާޖުގެ މައްސަލަ އެވެ. އެކަމަކު، އެ ހާދިސާ ހިނގުމާ އެކު ގަރާޖުތައް މާލެ އިން ބަދަލުކުރުމުގެ ޕްލޭނެއް ސަރުކާރުން އެކުލަވާލައި، އޭގެ ބައެއް މަސައްކަތްތައް ކުރިއަށް ދެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ގަރާޖު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަލިފާނުގެ ހަގީގީ މައްސަލަ ގުޅިފައި އޮތީ ގަރާޖަކާ ނޫނެވެ. ބިދޭސީން ދިރިއުޅޭ ކޮށިތަކާއި އެ މީހުން ދިރިއުޅޭ ހާލެވެ. އޭރު ލިޔެފައިވާ ބައެއް އާޓިކަލްތަކަށް މައުލޫމާތު ދީފައިވާ މީހުން ބުނެފައިވާ ގޮތުގައި ބިދޭސީން ދިރިއުޅޭ ވަރަށް ގިނަ ތަންތަން ހުރީ އިންސާނުން ދިރިއުޅޭ ހާލަތެއްގައެއް ނޫނެވެ. އޭގެ އިތުރުން، އެފަދަ ގިނަ ތަންތަނަކީ މާލެ ކަހަލަ ތޮއްޖެހިފައިވާ ރަށެއްގައި އެހެން ގެތަކަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ކަމަކަށް ފާހަގަވި ކަމަކީ، އަލިފާންގަނޑު ރޯވިލެއް ފަސޭހަ ކަމެވެ. އޭގެ އެއް ސަބަބަކީ، ވައި ބޭރު ވާނެ އެއްވެސް ގޮތެއް ނެތުމެވެ. އަދި ބިދޭސީން އުޅެމުން ދިޔަ ކުޑަކުޑަ ތަންކޮޅުގައި ކައްކާ ގޭސްފުޅިތައް ގިނަ ކަމެވެ. ފުލުހުން ބުނި ގޮތުގައި، މުޅި އިމާރާތުގައި ރޯވާން ނެގީ އެންމެ ދޮޅު މިނެޓެއްހާ އިރެވެ. އެ ވަގުތުކޮޅު ތެރޭގައި އެ މީހުން ނުކުންނާނެ މައި ސިޑި ފިޔަވައި އިތުރު އެއްވެސް ދިމާއެއް ނެތުމަކީ އެތައް ބަޔަކު އެތާނގެ ތެރޭގައި ތާށިވާން ޖެހުނު އަނެއް ސަބަބެވެ.
Bidheysee hiyaa thah monitor koh, garage thah Male' in beyru kurumah plan eh hedhumah Raees edhivadaigenfi
The most trusted news source in the Maldives
Mihaaru
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާ ކުރަން ރައީސް ގޮވާލެއްވުން
އެކަމަކު ރާއްޖެ އަށް ބިދޭސީން ގެންނައިރު ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ބިދޭސީން ތިބޭ އެކޮމަޑޭޝަންގެ ހާލަތު އެބަ އޮވެ އެވެ. އެތަންތަނުގެ ތެރޭގައި މީހުންނަށް ތިބެވޭނެ ވަރާއި ހުސް ޖާގަ އޮންނަން ޖެހޭ ވަރާއި އެތަންތަނުގައި އަލިފާނުގެ ސަލާމަތީ ކަންކަން ހުންނަން ޖެހޭ ގޮތާއި ވައި ބޭރުވާނެ ގޮތްތައް ބުނެފައި އެބައޮތެވެ. އެއަށް އަމަލުކުރާ ހަމަ އެއްވެސް ތަނެއް، މާލޭގައި ހުރިހެނެއް ހިޔެއް ނުވެ އެވެ. ހުރިހާ ބިދޭސީ ލޭބަރުންނާއި އާދައިގެ ފަންތިތަކުގައި މަސައްކަތްކުރާ ލައްކައެއްހާ ބިދޭސީން ދިރިއުޅެނީ ނިރުފެހިގެ ކަހަލަ ކޮށިތަކުގަ އެވެ. އެކަން ބަލާނެ ބަޔަކު ނެތެވެ. އަދި 10 މީހުން މަރުވި އެ ހިތާމަވެރި ހާދިސާ އަށް ފަހު ވެސް އެކަމަށް ދިން ސަމާލު ކަމެއް ނުފެނުނެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު ގެއްލިގެން އުޅޭ މީހަކު ފޯނުން ދައްކާލަނީ: ދިހަ މީހުން މަރުވި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އާންމުން ވެސް ދައްކަމުން ދިޔައީ ހަމަ މި ވާހަކަ އެވެ؛ މިކަހަލަ ކޮންމެ ހާދިސާއެއްގައި އޮންނާނީ ދެ ކަމެކެވެ. އެއް ކަމަކީ އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރުމެވެ. އަނެއް ކަމަކީ މިކަން މާދަމާ ހަނދާން ނެތުމެވެ.
ވީ ވެސް އެހެންނެވެ. ހުއްދަ ނުހޯދައި ގަރާޖު ހިނގި މައްސަލައިގައި ސަރުކާރާއި ސިޓީ ކައުންސިލްގެ ޒުވާބަށް ފަހު އަސްލު މައްސަލައިގެ ހަނދާން ނެތިއްޖެ އެވެ. އެކަމަކު، މާލޭގެ ކޮންމެ ގޯޅިއެއްގައި، ކޮންމެ މަގެއްގައި ބިދޭސީން ހާލިތައް ހަދައިގެން، ގޭސްފުޅިތައް ވައްދައިގެން ނިދައި ކައިބޮއެ އެބަ ހަދަ އެވެ. ބާވެ، ހަލާކުވެފައިވާ ތަންތަންކޮޅުގައި ވައި ދައުރުނުވާ އެތައް ކޮޓަރިތަކެއްގައި އެތައް ބަޔަކު އެބަ ނިދާ ހަދަ އެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އަދި އެއީ އެއިން ތަނެއްގައި ރޯވެއްޖެ ނަމަ ޖެހިގެން ހުންނަ އިމާރާތްތަކަށް ވެސް އޭގެ ނުރައްކާ ވާ ގޮތަށް ހުރި ތަންތަނެވެ.
ކޮންމެ އަހަރެއް ވެސް ނިމިގެން މި ދަނީ މިކަހަލަ ކޮންމެވެސް ހިތާމަވެރި ހާދިސާތަކަކާ އެކު އެވެ. މައްސަލަ އަކީ ހާދިސާ ހިނގުމެއް ވެސް ނޫނެވެ. އެ ހާދިސާތަކުން އިބުރަތް ހާސިލް ނުކޮށް، އެކަން ހަނދާން ނެތޭތީ އެވެ. އެކަން ދެން ނުވާނެހެން ފިޔަވަޅު ނޭޅޭތީ އެވެ.
Nirufehi Fire Incident
The most trusted news source in the Maldives
Mihaaru
ނިރުފެހި އަލިފާނުގެ ހާދިސާ އާ ބެހޭ ގޮތުން "މިހާރު" އިން ގެނެސްދިން ކަވަރޭޖް
އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން ދެނެނުގަނެވޭ
އަލިފާނުގެ ހާދިސާ: ބިދޭސީންނަށް އެހީވާން ދެ ލައްކަ
ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް!
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
ބާރު އަޑެއް އިވިގެން ބަލައިލި އިރު ރޯވެ އަނދަނީ
ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
ބިދޭސީން ހިންގާ ކެފޭއެއްގައި ރޯވެއްޖެ