29 ޑިސެމްބަރ 2022
ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އިޒްރޭލުން އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާ ދީފާނެ ކަމަށް، އިޒްރޭލުގެ ދިފާއީ ވަޒީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އިޒްރޭލުން އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާ ދީފާނެ ކަމަށް، އިޒްރޭލުގެ ދިފާއީ ވަޒީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
"ކުރިއަށް އޮތް ދޭއް ނުވަތަ ތިން އަހަރުގެ ތެރޭގައި ތިޔަ ސިފައިން ވެސް މި ގައުމުގެ ސަރަހައްދު ހުރަސްކޮށް އިރުމައްޗަށް ދަތުރުކޮށް، އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ވައިގެ މަގުން ދޭ ހަމަލާގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް،" އިޒްރޭލުގެ ވައިގެ ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ބެނީ ގަންޓްޒް ވިދާޅުވި އެވެ.
ދިފާއީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިޒްރޭލުގެ އެއްގަމު ސިފައިންގެ ޖެނެރަލެއް ކަމަށްވާ އަވީވް ކޮޝާވީ ވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމުގެ ގޮތުން އީރާނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން، އެމެރިކާ އާއި އިޒްރޭލުން ރާވާ ރޭވުން އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ގެންދާ ހަލުވިމިނަށް ބަލާއިރު، އީރާން ހުއްޓުވުމުގެ މަސައްކަތް މާ ބޮޑަށް ވެސް ހަލުވިކުރަންޖެހޭ ކަމަށެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިއުކްލިއާ މުއާހަދާ އިން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާ ގުޅިގެން، އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. އޭގެ ފަހުން އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް، އެ ގައުމުގައި ފައްކާކުރަމުން އައި ޔޫރޭނިއަމް ވެސް ވަނީ 60 ޕަސެންޓަށް ފައްކާކޮށްފައި ކަމަށް އެމެރިކާ އިން ތުހުމަތުކުރެ އެވެ.
ނަމަވެސް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވާ މިންވަރު ކަމަށްވާ 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކުރުމަށް އީރާނަށް އަދި އިތުރު އެތައް އަހަރެއް ބޭނުންވާނެ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭ މިންވަރަށް، އީރާންގައި ޔޫރޭނިއަމް ފައްކާ ކުރިޔަ ނުދިނުމަށްޓަކައި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަންޖެހެ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ތެރެއިން ޔޫރޭނިއަމް އިތުރަށް ފައްކާކުރުން ހުއްޓުވުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަނީ، އީރާނާ އެކުގައި މުއާހަދާއެއް ގާއިމުކުރާށެވެ. ނަމަވެސް، އެފަދަ މުއާހަދާއެއް ގާއިމުކޮށް ސުލްހަވެރި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމުގެ ބަދަލުގައި އިޒްރޭލުން ބޭނުންވަނީ، އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާދީ އެ ތަންތަން ނައްތައިލުމަށެވެ.
އަދި އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް ގާއިމުކުރުމަށް ވިލާތުގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ނާކާމިޔާބު ވެއްޖެ ނަމަ، އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
އިޒްރޭލުން ބާރުދައްކަނީ އެތެރޭގެ ބައިބައިވުން ފޮރުވަން
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
އީރާންގެ ދެ ސައެންސްވެރިންގެ މަރުގެ ފަހަތުގައި އިޒްރޭލު
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އީރާން ހުއްޓުވަން އެންމެ ރަނގަޅީ ނިއުކްލިއާ މުއާހަދާ
އީރާނަށް ހަމަލާއެއް ދިނުން ފަސޭހައެއް ނޫން: އިޒްރޭލު
އެމެރިކާގެ އިސް ވަފުދެއް ފަލަސްތީނާއި އިޒްރޭލަށް
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމަކީ ނަރަކަ ހުޅުވައިލުން
އީރާނަށް ހަމަލާ ދޭން އެމެރިކާ-އިޒްރޭލު މަޝްވަރާކުރަނީ