10 ޑިސެމްބަރ 2021
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް، ޑިޕްލޮމެޓިކް ގޮތުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ހާލަތެއްގައި، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތައް ސުންނާފަތިކޮށްލުމަށް ހަމަލާއެއް ދިނުމަށް ވެރިން އަންގަވައިފި ނަމަ، އެކަން ތަންފީޒުކުރާނެ ގޮތުގެ ތަމްރީންތަކެއް ބޭއްވުމަށް، އިޒްރޭލާއި އެމެރިކާ މަޝްވަރާ ކުރަން ފަށައިފި އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް، ޑިޕްލޮމެޓިކް ގޮތުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ހާލަތެއްގައި، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތައް ސުންނާފަތިކޮށްލުމަށް ހަމަލާއެއް ދިނުމަށް ވެރިން އަންގަވައިފި ނަމަ، އެކަން ތަންފީޒުކުރާނެ ގޮތުގެ ތަމްރީންތަކެއް ބޭއްވުމަށް، އިޒްރޭލާއި އެމެރިކާ މަޝްވަރާ ކުރަން ފަށައިފި އެވެ.
އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ގޮތުގެ ތަމްރީންތަކެއް ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް މިހާރު ހުންނެވީ އެމެރިކާގަ އެވެ. އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަން ކަށަވަރު ކުރުމަށްޓަކައި، ހަމަލާ ދޭނެ ގޮތްތަކާ މެދު، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާ އެކުގައި ވެސް އިޒްރޭލުގެ ދިފާއީ ވަޒީރު މަޝްވަރާ ކުރައްވާނެ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނިޔަތުގައި ހިންގާ މަޝްރޫއެއް ކަމަށް އެމެރިކާ އާއި އިޒްރޭލުގެ އިތުރުން ވިލާތުގެ ގައުމުތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި ނިއުކްލިއާ މަޝްރޫއުގެ އަމާޒަކީ، އެ ގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއާ މެދު ކަންބޮޑުވާކަން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މީގެ ކުރިން ވެސް އައީ ބުނަމުންނެވެ. ނަމަވެސް އެ މަޝްރޫއު ހުއްޓުވުމަށްޓަކައި އަސްކަރީ ހަމަލާއެއް ދިނުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މީގެ ކުރިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާ މަސައްކަތެއް ނުކުރެ އެވެ.
އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި، ނިއުކްލިއާ މުއާހަދާ އިން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާއެކު، އީރާނުން ވަނީ ވަރަށް މަތީ މިންވަރަކަށް ޔޫރޭނިއަމް ފައްކާކޮށްފަ އެވެ. އަދި މިހާރުން މިހާރަށް އީރާންގެ ނިއުކްލިއާ މަޝްރޫއު ނުހުއްޓުވައިފި ނަމަ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އީރާން ވަރަށް އަވަހަށް ހޯދާނެ ކަމަށް ވެސް އެމެރިކާ އިން ލަފާކުރެ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، މިދިޔަ ހަފުތާގައި ވިއެނާގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެގެން ހުއްޓައިލީ އެވެ.
އީރާނުން ބުނާ ގޮތުގައި ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ބޭނުންވާ ނަމަ، 2018 ވަނަ އަހަރު އެ މުއާހަދާ އިން އެމެރިކާ އަމިއްލަ އަށް ވަކިވުމަށް ފަހު، އީރާނަށް ދަތިކުރުމަށް އެޅި ފިޔަވަޅުތައް އުވައިލަންޖެހޭނެ އެވެ. އަދި ނިއުކްލިއާ މަޝްވަރާތަކުގައި އީރާން އަލުން ބައިވެރިވާނީ ވެސް، އެ މަޝްވަރާތަކުގެ އާޚިރު ނަތީޖާއަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ކަމަށްވާ ނަމަ އެވެ.
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ
އީރާނާއެކު ދެން މުއާމަލާތް ކުރާނީ އެހެން ގޮތަކަށް
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް
އީރާނާއި އެމެރިކާ އިން ނިއުކްލިއާ މުއާހަދާ ދިރާސާކުރަނީ
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ