Roadha Mihaaru
ޔުވެންޓަސްގެ ފައިސާގެ މައްސަލައިގެ ޝަރީއަތް ފަށަނީ

ޔުވެންޓަސްގެ ފައިސާގެ މައްސަލައިގެ ޝަރީއަތް ފަށަނީ

26 ޑިސެމްބަރ 2022

ޓިއުރިން (ޑިސެންބަރު 26) - ޔުވެންޓަސް ހިމެނޭ ގޮތަށް އިޓަލީގެ ނުވަ ކްލަބެއްގެ ފައިސާގެ މުއާމަލާތްތަކުގައި އޮޅުވާލުން ހިމެނޭ ކަމަށް ބުނެ ތަހުގީގު ކުރި މައްސަލައިގެ ޝަރީއަތް އަންނަ މަހު ފަށަން އިއުލާންކޮށްފި އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކްލަބްތަކަކީ ޔުވެންޓަސްގެ އިތުރުން ސަމްޕްޑޯރިއާ، ޕްރޯ ވާސެލީ، ޖެނޯއާ، ޕާމާ، ޕީސާ، އެމްޕޮލީ، ނޮވާރާ އަދި ޕެސްކާރާ އެވެ. މި ކްލަބްތަކުގެ ޝަރީއަތް ފަށާނީ އަންނަ މަހު 20 ގަ އެވެ.

މައްސަލަ ސާބިތު ވެއްޖެނަމަ އެ ކްލަބްތަކުން ހޯދާއިފައިވާ ޕޮއިންޓްތައް އުނިކުރާނެ އެވެ. ފަހަރެއްގައި ކްލަބް ރެލިގޭޓް ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.

މި ކްލަބްތަކުން ކުޅުންތެރިން ގަތުމަށް ހެދި ފައިސާގެ މުއާމާލަތްތަކުގައި އޮޅުވާލުންތަކެއް ހިމެނޭތޯ ބަލަން ޔުއެފާއިން ވެސް ވަނީ ތަހުގީގެއް ފަށައިފަ އެވެ. މި މައްސަލައިގައި ކުރިން 11 ކްލަބަކަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކަލްބަތައް ސަލާމަތްވީ އޭޕްރީލް އަދި މެއި މަހު މެޖިސްޓްރޭޓް ކޯޓްތަކުން ބެލި މައްސަލަ ސާބިތުވާން ނެތުމުންނެވެ.

ކޯޓުން ބުނީ ކުޅުންތެރިން ޓްރާންސްފާގައި ދެ ކްލަބްގެ ދެމެދުގައި ލިޔެކިޔުންތަކުން އެއްބަސްވެފައިވާ އަގު ނޫން އަގެއް ހޯދިކަން ސާބިތު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އިޓަލީގެ ފުޓްބޯޅައިިގެ އެންމެ ނުފޫޒު ގަދަ ކްލަބް، ޔުވެންޓަސްގެ މައްސަލަ ތަހުގީގު ކުރަން ފެށުމުން އެ ކްލަބްގެ ބޯޑުން މިދިޔަ މަހު އިސްތިއުފާ ދިނެވެ.