މާލޭ އުތުރު ފަރާތުގައި ތަރައްގީކޮށްފައިވާ ބަނދަރުގެ ނަން އަނެއްކާ ވެސް މާލޭ ނޯތު ހާބަރުގެ ނަމަށް ބަދަލުކޮށްފި އެވެ.
15 ޖެނުއަރީ 2017
މާލޭ އުތުރު ފަރާތުގައި ތަރައްގީކޮށްފައިވާ ބަނދަރުގެ ނަން އަނެއްކާ ވެސް މާލޭ ނޯތު ހާބަރުގެ ނަމަށް ބަދަލުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭ ނޯތު ހާބަރުގެ ނަމުގައި ހުޅުވި އެ ތަނުގެ ނަން މީރުބަހުރު ބަނދަރުގެ ނަމަށް ފެބްރުއަރީ 2014 ގައި ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، އެ ބަނދަރުގެ ބޭރުގައި "މާލޭ ނޯތު ހާބަރު" ޖަހާފައިވާ ނަން ބޯޑެއް މިއަދު ހެނދުނު ވަނީ ހަރުކޮށްފަ އެވެ.
އެ ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވި ގޮތުގައި މީރުބަހުރު ބަނދަރުގެ ނަން މާލޭ ނޯތު ހާބަރަށް ބަދަލުކުރަން ނިންމިތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، އެ ތަނުގެ ބޭނުން ހިފާ ފަރާތްތަކަށް މީރުބަހުރު ބަނދަރު ކިޔަން އުނދަގޫ ވާތީ، ފަސޭހަ ނަމެއް ކިޔުމުގެ ބޭނުމުގަ އެވެ.
"ކޮންމެހެން 'އަންނި ޖެޓީ' ކިޔާތީ އުނދަގޫ ވެގެންނެއް ނޫން. އަސްލު، ރައީސް ނަޝީދާ ގުޅުމެއް އޮތް ތަނެއް ވެސް ނޫން އެއީކީ،" ނޯތު ހާބަރަށް އާއްމުކޮށް ކިޔާ ނަން ކަމަށްވާ "އަންނި ޖެޓީ" އަށް އިޝާރާތް ކުރައްވައި ޖުނައިދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބަނދަރުގެ ނަން ބޯޑު އެކަނި ބަދަލުކޮށްލީކީ ނޫނެވެ. އޭގެ ބަދަލުގައި އެ ތަނުގެ ޖާގަ ތަނަވަސްކޮށް، މިސްކިތަކާއި ފެންވަރު ރަނގަޅު ރެސްޓޯރަންޓަކާއި ޖޫގޯ ވިއްކާ ތަނެއް ކަހަލަ އާއްމުންނަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ތަރައްގީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯތު ހާބަރު ބޭނުން ކުރަނީ ރަށްރަށުން މާލެ އަންނަ ބޯޓުފަހަރު ބަނދަރުކުރާށެވެ.
"މާރުކޭޓު ސަރަހައްދުން މަސްދޯނިތަކުން ފީއެއް ނުނަގާނެ"
ނޯތު ހާބަރު މަސްމާރުކޭޓު ސަރަހައްދާ ހިސާބަށް ބޮޑުކޮށްފި
ނޯތު ހާބަރުގެ ބާކީ ސަރަހައްދު ވެސް އެމްޕީއެލްގެ ދަށަށް
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
އެމްޕީއެލް ކެފޭ ހިންގަން ބަޔަކާ ހަވާލުކޮށް، ހުޅުވައިފި
އެމްޕީއެލްގެ ކެފޭ ހުކުރު ދުވަހު އަލުން ހުޅުވަނީ
އެމްޕީއެލް ކެފޭ ބަންދުކޮށް، މުވައްޒަފުންނަށް ނޯޓިސްދީފި
ނޯތު ހާބަރަށް ސައިކަލަށް ވަދެވޭގޮތް ހަދައިފި
މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވައިފި