Roadha Mihaaru
ޕޯސްޓްމޯޓަމަށް ފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

ޕޯސްޓްމޯޓަމް ހެދުމަށް ފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

24 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފި އެވެ.

ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 28 ގެ މަރުގެ ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެކަމަކު ފުލުހުން ބަންދުގައި ބަހައްޓާފައި ހުއްޓާ، އޭނާ ދަންޖެހުމުން ހާލު ސީރިއަސްވެ ފަރުވާދެނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގުކުރިއަށް ދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަރުގެ ސަބަބު ދެނެގަތުމަށް ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ އޭނާ މަރުވިތާ 11 ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހު އެވެ. އެހެންވެ، އާއިލާ އިން ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ވެސް ހެދި އެވެ.

އެކަމަކު އާއިލާ ނުރުހުނަސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. ޕޯސްޓްމޯޓަމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނަޔަސް އެ ރިޕޯޓާ ގުޅޭ ވަކި އެއްޗެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން ނިޝާމާގެ ޖަނާޒާ އޮތީ މިއަދު މަޣުރިބް ނަމާދަށް ފަހު އާސަހަރާގަ އެވެ.