Roadha Mihaaru
މަހުގެ ޑިއުޓީ ކަނޑާލާނެ އިރެއް ނޭނގެ: ފައްޔާޒް

މަހުގެ ޑިއުޓީ ކަނޑާލާނެ ތާރީހެއް ބުނާކަށް ނޭނގެ: ފައްޔާޒު

22 ޑިސެމްބަރ 2022

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ނެގުން ހުއްޓާލުމާ މެދު ކުރިއަށްދާ މަޝްވަރާތައް ވަރަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް އެކަން ކުރަން ފަށާނެ ތާރީހެއް ބުންނަން އަދި ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ނެގުން ހުއްޓާލުމާ މެދު ކުރިއަށްދާ މަޝްވަރާތައް ވަރަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް އެކަން ކުރަން ފަށާނެ ތާރީހެއް ބުންނަން އަދި ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ވިދާޅުވީ، ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން ސަރުކާރުން އީޔޫއާ މަޝްވަރާ ކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.

"ނެގޯސިއޭޝަންތައް ރަނގަޅަށް ދަނީ. އަދި ވަކި މުއްދަތެއް ދަންނަވާކަށް ނޭނގޭ. [ދެ މަސް ދުވަހަށް ވުރެ] އަވަސް ވެސް ވެދާނެ ނޫނީ ލަސް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު އެންމެ ލަސްވެގެން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. މި ސަރުކާރުން ވެސް އެކި ފޯރަމްތަކުގައި ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން ޔޫރަޕް ގައުމުތަކާ އެކު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.