Roadha Mihaaru
އެންޑްރިކް ނުލިބުމުން ސައޮ ޕޯލޯއިން މައްސަލަ ބަލަނީ

އެންޑްރިކްގެ ޓްރާންސްފާ ފެއިލްވުމުން ބްރެޒިލްގެ ސައޮ ޕޯލޯއިން ތަހުގީގެއް ފަށައިފި

22 ޑިސެމްބަރ 2022

ސައޮ ޕޯލޯ (ޑިސެމްބަރު 22) - ބްރެޒިލްގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ފިލިޕޭ އެންޑްރިކް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން، އެ ގައުމުގެ އެންމެ ބޮޑު އެއް ކްލަބް ސައޮ ޕޯލޯއިން ތަހުގީގެއް ފަށައިފި އެވެ.

ސައޮ ޕޯލޯ (ޑިސެމްބަރު 22) - ބްރެޒިލްގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ފިލިޕޭ އެންޑްރިކް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން، އެ ގައުމުގެ އެންމެ ބޮޑު އެއް ކްލަބް ސައޮ ޕޯލޯއިން ތަހުގީގެއް ފަށައިފި އެވެ.

އުމުރުން 16 އަހަރުގެ ފޯވާޑް އެންޑްރިކް ސޮއި ކުރުމުގެ ފުރުސަތު 2016 ގައި ސައޮ ޕޯލޯ އަށް ލިބުނެވެ. އޭރު އޭނާ ޓްރޭނިން ހަދަމުން ދިޔައީ ސައޮ ޕޯލޯ އާ ގުޅުން އޮންނަ ފުޓްބޯޅަ ސްކޫލެއްގަ އެވެ. އޭރު އެންޑްރިކްގެ އާއިލާއިން ބޭނުންވީ އޭނާގެ ބައްޕަ، ޑަގްލަސް ސޫޒާ އަށް ވަޒީފާ ދޭ ކްލަަބަކަށް އެންޑްރިކް ސޮއި ކުރުމަށެވެ.

ސައޮ ޕޯލޯގެ ހައިރަކީގައި ތިބި އޮފިޝަލުން ނިންމީ ސޫޒާ އަށް ވަޒީފާ ދޭންޖެހޭނަމަ އެންޑްރިކް ސޮއި ކުރުވަން ބޭނުން ނުވާ ކަމަށެވެ. އެންޑްރިކް އަށް އެ ޖަވާބު ދިން މުވައްޒިފުން އެގޮތަށް ޖަވާބު ދިނީ ކީއްވެގެންތޯ ބަލަން އޭގެ ހަތް އަހަރުފަހުން ސައޮ ޕޯލޮއިން ތަހުގީގު ފެށިކަން އީއެސްޕީއެން ބްރެޒިލުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސައޮ ޕޯލޯއިން ދިން ޖަވާބު ކަމަށް ބެލެވޭ އިބާރާތްތަކެއް އިންސްޓަގްރާމްގައި ޖުލައި މަހު އެންޑިރިކް ޕޯސްޓް ކުރި އެވެ.

"ސައޮ ޕޯލޯ: 'ކަލޭގެ ބެލެނިވެރިންނަށް ގެދޮރާއި ވަޒީފާ އަހަރެމެންނަކަށް ނުދެވޭނެ'،" އެ އެންޑްރިކްގެ އިންސްޓަގްރާމްގައި ލިޔެފައި ވެއެވެ.

ސައޮ ޕޯލާއިން ފުރުސަތު ދޫކޮށްލުމުން އެންޑިރިކްގެ ސޮއި ދެން ހޯދީ ޕަލަމޭރަސްއިންނެވެ. އޭނާގެ އާއިލާއިން ހުށަހެޅިކަން އެ ކްލަބުން ފުރިހަމަކޮށް ދިނެވެ. އޮކްޓޯބަރު މަހު ޕަލަމޭރަސް އަށް ކުޅެން ފެށި އެންޑްރިކް، އެކްލަބަށް ކުޅުނު ހަ މެޗުގައި ތިން ލަނޑު ޖަހި އެވެ. އޭނާ އަކީ އެ ކްލަބަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ރެއާލް އަށް 75 މިލިއަން ޑޮލަރަށް އޭނާ ވިއްކާލަން ސައޮ ޕޯލޯއިން ނިންމީ މިދިޔަ ހަފުތާގަ އެވެ. އޭނާ އަށް 18 އަހަރު ފުރުމުން 2024 ވަނަ އަހަރު އޭނާ ރެއާލް އަށް ބަދަލުވާނެ އެވެ. އެ ކްލަބާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކްލަބުން ބޭނުން ވެއްޖެނަމަ އިތުރު ތިން އަހަރަށް އޭނާ ކްލަބްގައި ބެހެއްޓުމުގެ ފުރުސަތު ވެސް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.